މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި މަސައްކަތް ނިންމާލި ވީއައިއޭގެ ދެކުނު އޭޕްރަން: ފައިލް ފޮޓޯ އެމްއޭސީއެލް

5.8 ބިލިއަން ރުފިޔާ ލިބުނުއިރު، ހަރަދަށް 8.4 ބިލިއަން ރުފިޔާ

ދައުލަތަށް އާމްދަނީގެ ގޮތުގައި 5.8 ބިލިއަން ރުފިޔާ ލިބުނުއިރު، 8.4 ބިލިއަން ރުފިޔާ ހަރަދު ވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުގައި ވަނީ، މިއަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިމަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ އާއި ހަރަދުގެ ތަފުސީލު އާންމުކޮށްފައެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން އާމްދަނީގެ 83 އިންސައްތައަކީ ޓެކްސް އާމްދަނީއެވެ. ހަރަދުގެ 73 އިންސައްތައަކީ ރިކަރަންޓް ހަރަދެވެ.

އާމްދަނީ

މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބުނު އާމްދަނީ ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި 8.6 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

ރާއްޖޭގެ އާމްދަނީގެ ބޮޑު އިންސައްތައަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީއެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމާއި ގުޅިގެން ފަތުރުވެރިންއައުން މިހާރު ވަނީ ހުއްޓިފައެވެ.

މިއަހަރުގެ މޭ މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް:

ޓެކްސް އާމްދަނީ: 4.8 ބިލިއަން ރުފިޔާ

ނޮން ޓެކްސް އާމްދަނީ: 957 މިލިއަން ރުފިޔާ

އެހީ: 22 މިލިއަން ރުފިޔާ

މިދިޔަ އަހަރުގެ އެ މުއްދަތުގައި:

ޓެކްސް އާމްދަނީ: 6.2 ބިލިއަން ރުފިޔާ

ނޮން ޓެކްސް އާމްދަނީ: 2 ބިލިއަން ރުފިޔާ

އެހީ: 453 މިލިއަން ރުފިޔާ

ހަރަދު

މިދިޔަ އަހަރުގެ މޭ މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް 8.3 ބިލިއަން ރުފިޔާ ހަރަދު ކުރެވުނުއިރު މިއަހަރުގެ މި މުއްދަތުގައި 8.4 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

މިއަހަރުގެ ހަރަދު

ސެލަރީ، ވޭޖަސް އަދި ޕެންޝަންސް: 3.35 ބިލިއަން ރުފިޔާ

އިދާރީ އަދި ހިންގުމުގެ ހަރަދު: 2.82 ބިލިއަން ރުފިޔާ

ކެޕިޓަލް ހަރަދު: 2.28 ބިލިއަން ރުފިޔާ

މިދިޔަ އަހަރުގެ ހަރަދު

ސެލަރީ ވޭޖަސް އަދި ޕެންޝަންސް: 3.26 ބިލިއަން ރުފިޔާ

އިދާރީ އަދި ހިންގުމުގެ ހަރަދު: 2.6 ބިލިއަން ރުފިޔާ.

ކެޕިޓަލް ހަރަދު: 2.15 ބިލިއަން ރުފިޔާ

ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީން ލަފާކުރަނީ މިއަހަރުގެ ތެރޭގައި ފަތުރުވެރިންނަށް ރާއްޖެ އަލުން ހުޅުވާލެވޭނެ ކަމަށެވެ. ނަމަވެސް އެންމެ ގޯސް ހާލަތަކަށް ގޮސްފިނަމަ މި އަހަރު ފަތުރުވެރިކަން ކުރިއަށް ނުގެންދެވޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.