އެއާބީއެންބީ ހިދުމަތްދޭން ލައިސަންސް ބޭނުން ނުވާނެ ކަމަށް ކަނޑައަޅައިފި

އެކޮމޮޑޭޝަން-ބުކިންގް ހިދުމަތް އެއާބީއެންބީ، ފްރާންސްގައި އޮޕަރޭޓްކުރުމަށް އެސްޓޭޓް އެޖެންޓްސް ލައިސަންސް ބޭނުން ނުވާނެ ކަމަށް ޔޫރަޕްގެ މަތީ ކޯޓަކުން ކަނޑައަޅައިފިއެވެ.

ދަ ކޯޓް އޮފް ޖަސްޓިސް އޮފް ދަ ޔޫރަޕިއަން ޔޫނިއަން އިން މި ގޮތަށް ކަނޑައަޅާފައި މިވަނީ، އެއާބީއެންބީ އާގުޅޭ ގޮތުން ފްރާންސްގެ ފަތުރުވެރިކަމާބެހޭ އެސޯސިއޭޝަނަކުން މައްސަލަ ހުށަހެޅުމުންނެވެ.

ޕްރޮޕަޓީ ޕްރޯކަރަކަށްވުރެ، އެއާބީއެންބީ އަކީ "އިންފޮމޭޝަން ސޮސައިޓީ ސާވިސް" އެއް ކަމަށް ދަ ކޯޓް އޮފް ޖަސްޓިސް އޮފް ދަ ޔޫރަޕިއަން ޔޫނިއަން އިން ވަނީ ކަނޑައަޅާފައެވެ.

އެއާބީއެންބީ ފްރާންސްގައި އޮޕަރޭޓްކުރުމަށް އެސްޓޭޓް އެޖެންޓްސް ލައިސަންސް ބޭނުންވާނެ ކަމަށް އެ ކޯޓުން ހުކުމްކުރި ނަމަ ޔޫރަޕްގެ ހުރިހާ ގައުމަކުންވެސް އެ އަމުރަށް ތަބާވާން ޖެހޭނެއެވެ.

ޔޫރަޕްގެ އެ ކޯޓުން ކުރި ހުކުމާއި ގުޅިގެން އެއާބީއެންބީ އިން ބުނީ އެއާބީއެންބީގެ ހިދުމަތް ކުރިއަށް އޮތްތަނުގައިވެސް ދޭނެ ކަމަށެވެ.