މަންޓާ އެއާއިން "ކޫއްޑޫ ޕްރޮމޯ" ފަށައިފި

ކޫއްޑޫއަށް ވައިގެ ދަތުރުތައް ފެށުމަށް ތައްޔާރުވެފައިވާ މަންޓާ އެއާ އިން "ކޫއްޑޫ ޕްރޮމޯ" ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަންގައި، ދުރާލާ ޓިކެޓް ބުކް ކުރައްވާ ފަރާތްތަކަށް ހާއްސަ ފެއާއެއްގައި ޓިކެޓް ލިބޭނެއެވެ.

ދިވެހިންނަށް ހާއްސަކޮށްގެން އަންނަ ޖެނުއަރީ މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި، ހަތް ދުވަސް ކުރިން ޓިކެޓް ބުކް ކުރައްވާ ފަރާތްތަކަށް "ސުޕަ ސޭވާ" ފެއާގައި ޓިކެޓް 829 ރުފިޔާއަށް ލިބޭނެއެވެ. އަދި ހަތަރު ދުވަސް ކުރިން ޓިކެޓް ބުކް ކުރާ ފަރާތްތަކަށް "ސޭވާ" ފެއާގައި 869 ރުފިޔާއަށް ޓިކެޓް ލިބޭނެއެވެ.

މަންޓާ އެއާ އިން ބުނި ގޮތުގައި އެ އެއާލައިންގެ ވެބްސައިޓް އަދި އެ އެއާލައިންގެ ފަސިންޖާ ސޭލްސް އެޖެންޓެއް މެދުވެރިކޮށް ޓިކެޓް ބުކް ކުރެވޭނެއެވެ.
ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކޫއްޑޫއަށް ދަތުރުކުރުމަށް މަންޓާ އެއާ އިން ވަނީ ތައްޔާރުވެފައެވެ. އެ އެއާލައިނުން މިހާރުވެސް ދަނީ ދާލު އެއާޕޯޓަށާއި ދަރަވަންދޫ އެއާޕޯޓަށް ދަތުރުކުރަމުންނެވެ.