އެންމެ ބޮޑު އާމްދަނީއެއް ލިބުނު 100 ފަންނާނުންގެ ލިސްޓެއް ފޯބްސްއިން އާންމުކޮށްފި
މުނިފޫހިފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަންނާނުންގެ ތެރެއިން ފާއިތުވި 12 މަސް ދުވަހުގެ ތެރޭގައި އެންމެ ބޮޑު އާމްދަނީ ލިބުނު 100 ފަންނާނުންގެ ލިސްޓް، ފޯބްސް މަޖައްލާއިން އާންމުކޮށްފިއެވެ.
ފޯބްސް އިން އާންމުކުރި ލިސްޓްގައިވާ ގޮތުން އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފަންނާނަކީ އުމުރުން 29 އަހަރުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓެއިލާ ސްވިފްޓެވެ. ޓެއިލާގެ އާމްދަނީއަކީ 185 މިލިއަން ޑޮލަރެވެ.
ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ކެއިލީ ޖެނާއަށެވެ. އޭނާއަށް އާމްދަނީގެ ގޮތުގައި 170 މިލިއަން ޑޮލަރު ލިބުނުއިރު ލިސްޓްގެ ތިންވަނަ ލިބޭ އެމެރިކާގެ ރެޕަ ކަންޔޭ ވެސްޓަށް އާމްދަނީގެ ގޮތުގައި 150 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ފޯބްސް އިން ބުނެއެވެ.
ފޯބްސް އިން އާންމުކުރި ލިސްޓްގެ ހަތަރު ވަނަ ލިބެނީ ލިއޮނަލް މެސީއަށެވެ. އުމުރުން 32 އަހަރުގެ ފުޓްބޯޅަ ކުޅުންތެރިޔާއަށް އާމްދަނީގެ ގޮތުގައި 127 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ފޯބްސް އިން ބުނެއެވެ.