މަޝްރޫއެއް ކުރިއަށް ދަނީ: ފައިލް ފޮޓޯ އެމްޓީސީސީ ފޭސްބުކް

ގްރީން ފަންޑުން 503 މިލިއަން ރުފިޔާ މަޝްރޫއުތަކަށް ހޭދަކޮށްފި

ގްރީން ފަންޑުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 503.8 މިލިއަނަށްވުރެ ގިނަ ރުފިޔާ އެކި މަޝްރޫއުތަކަށް ހޭދަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އެންމެފަހުން އާންމު ކުރި، ގްރީން ފަންޑްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ގްރީން ފަންޑަށް 729.6 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ގްރީން ފަންޑަށް މިއަހަރުގެ މިހާތަނަށް ލިބުނު އާމްދަނީ (މަހުން މަހަށް)

ޖެނުއަރީ 2019: 78.24 މިލިއަން ރުފިޔާ

ފެބްރުއަރީ 2019: 79.73 މިލިއަން ރުފިޔާ

މާޗް 2019: 83.17 މިލިއަން ރުފިޔާ

އެޕްރީލް 2019: 83.60 މިލިއަން ރުފިޔާ

މޭ 2019: 77.66 މިލިއަން ރުފިޔާ

ޖޫން 2019: 56.45 މިލިއަން ރުފިޔާ

ޖުލައި 2019: 49.99 މިލިއަން ރުފިޔާ

އޮގަސްޓް 2019: 72.08 މިލިއަން ރުފިޔާ

ސެޕްޓެމްބަރު 2019: 74.33 މިލިއަން ރުފިޔާ

 

ގްރީން ފަންޑުން މިއަހަރު ހޭދަކުރި މިންވަރު (މަހުން މަހަށް)

ޖެނުއަރީ 2019: 5.73 މިލިއަން ރުފިޔާ

ފެބްރުއަރީ 2019: 5.69 މިލިއަން ރުފިޔާ

މާޗް 2019: 40.83 މިލިއަން ރުފިޔާ

އެޕްރީލް 2019: 40.94 މިލިއަން ރުފިޔާ

މޭ 2019: 22.35 މިލިއަން ރުފިޔާ

ޖޫން 2019: 37.73 މިލިއަން ރުފިޔާ

ޖުލައި 2019: 12.05 މިލިއަން ރުފިޔާ

އޮގަސްޓް 2019: 27.16 މިލިއަން ރުފިޔާ

ސެޕްޓެމްބަރު 2019: 58.78 މިލިއަން ރުފިޔާ

މިއަހަރުގެ ސެޕްޓެމްބަރު މަހު ގްރީން ފަންޑުން އެއް މަޝްރޫއަކަށް އެންމެ ބޮޑު ހޭދައެއް ކުރީ އަބޫ ދާބީ ފަންޑުގެ އެހީގައި ކުރިއަށްގެންދާ، އުކާލާ ކުނިން ހަކަތަ އުފައްދަން ހިންގާ މަޝްރޫއަށެވެ. އެ މަޝްރޫއަށް ގްރީން ފަންޑުން 22 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވެއެވެ.

އޭގެ އިތުރުން ބައެއް ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމާއި ކުނިކޮށި ހެދުމަށް ގްރީން ފަންޑުން ހޭދަކޮށްފައިވެއެވެ.