ޖެލީ އިން ޕިއްޒާ ޓޭކްއަވޭ ކޮށްގެން 50،000 ރުފިޔާ ލިބޭ ޕްރޮމޯޝަނެއް

ޖެލީ ޕިއްޒާ އިން، ޕިއްޒާ ޓޭކްއަވޭ ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން 50000 ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން އަންނަ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޖެލީ ޕިއްޒާ އިން ބުނި ގޮތުގައި، މި ޕްރޮމޯޝަނަކީ ޓޭކްއަވޭ ޕިއްޒާއަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.

ޓޭކްއަވޭ ޕިއްޒާގެ ރިސިޕްޓްކޮޅު، ޖެލީ ޕިއްޒާގެ ޓޭކްއަވޭ އައުޓްލެޓް ނުވަތަ ދަ ޑޯ ބައި ޖެލީ އައުޓްލެޓްގައި ބެހެއްޓިފައިވާ ފޮއްޓަށްލުމުން ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް ޖެލީ ޕިއްޒާ އިން ވަނީ ބުނެފައެވެ.

މި ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވާ، އިއުލާނުކުރުން އޮންނާނީ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުގެ ރޭ 8:00 ގައެވެ. ނަސީބުވެރިޔާ ހޮވާ، އިއުލާނުކުރުން ޖެލީ ޕިއްޒާގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ލައިވްކުރުމަށް ވަނީ ހަމަޖެހިފައެވެ.