ރަށެއްގެ ނަރުދަމާ ނިޒާމު ޓެސްޓްކުރަނީ : ފައިލް ފޮޓޯ ޕްލޭނިން މިނިސްޓްރީ

15 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރަން ހަވާލުކޮށްފި

ޑިޒައިން އެންޑް ބިލްޑް އުސޫލުން 15 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ހާމަކުރި ގޮތުގައި އެ މަޝްރޫއުތަކުގެ ޖުމްލަ އަގަކީ 407 މިލިއަން ރުފިޔާއެވެ. އެ މަޝްރޫއުތަކަށް ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ދިވެހި ސަރުކާރުގެ ބަޖެޓުންނެވެ.

ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑް އާ ހަވާލުކުރެވުނު މަޝްރޫއުތައް

އއ. ބޮޑުފޮޅުދޫގައި ފެނާއި ނަރުދަމާ ނިޒާމު : 26.78 މިލިއަން ރުފިޔާ – 780 ދުވަހުން ނިންމަން

ގދ. ރަތަފަންދޫގައި ފެނާއި ނަރުދަމާ ނިޒާމު : 33.69 މިލިއަން ރުފިޔާ – 780 ދުވަހުން ނިންމަން

ތ. އޮމަދޫގައި ފެނާއި ނަރުދަމާ ނިޒާމު : 32.47 މިލިއަން ރުފިޔާ – 780 ދުވަހުން ނިންމަން

ދ. މާއެނބޫދޫގައި ފެނުގެ ނިޒާމު : 16.48 މިލިއަން ރުފިޔާ – 600 ދުވަހުން ނިންމަން

ހއ. އުތީމުގައި ފެނުގެ ނިޒާމު : 22.02 މިލިއަން ރުފިޔާ – 600 ދުވަހުން ނިންމަން

ހދ. ނައިވަދޫގައި ނަރުދަމާ ނިޒާމު : 12.88 މިލިއަން ރުފިޔާ – 720 ދުވަހުން ނިންމަން

މައިކްރޯން ޕްރައިވެޓް ލިމިޓެޑް އާ ހަވާލުކުރެވުނު މަޝްރޫއުތައް

ފ. ފީއަލިގައި ފެނުގެ ނިޒާމު : 25.45 މިލިއަން ރުފިޔާ – 570 ދުވަހުން ނިންމަން

ރ. ރަސްމާދޫގައި ފެނުގެ ނިޒާމު : 24.99 މިލިއަން ރުފިޔާ – 570 ދުވަހުން ނިންމަން

ތ. ބުރުނީގައި ފެނުގެ ނިޒާމު : 26.70 މިލިއަން ރުފިޔާ – 570 ދުވަހުން ނިންމަން

އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާ ހަވާލުކުރެވުނު މަޝްރޫއުތައް

ދ. ރިނބިދޫގައި ފެނާއި ނަރުދަމާ ނިޒާމު : 34.64 މިލިއަން ރުފިޔާ – 600 ދުވަހުން ނިންމަން

ތ. ވޭމަންޑޫގައި ފެނުގެ ނިޒާމު : 36.76 މިލިއަން ރުފިޔާ – 600 ދުވަހުން ނިންމަން

މާކްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާ ހަވާލުކުރެވުނު މަޝްރޫއުތައް

ގއ. ކޮނޑޭގައި ފެނާއި ނަރުދަމާ ނިޒާމު : 35.96 މިލިއަން ރުފިޔާ – 780 ދުވަހުން ނިންމަން

ރ. މާކުރަތުގައި ފެނުގެ ނިޒާމު : 31.42 މިލިއަން ރުފިޔާ – 600 ދުވަހުން ނިންމަން

ސާސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާ ހަވާލުކުރެވުނު މަޝްރޫއުތައް

ދ. ހުޅުދެލީގައި ފެނުގެ ނިޒާމު : 20.34 މިލިއަން ރުފިޔާ – 600 ދުވަހުން ނިންމަން

ލ. ދަނބިދޫގައި ފެނުގެ ނިޒާމު : 26.50 މިލިއަން ރުފިޔާ 600 ދުވަހުން ނިންމަން

ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ދަށުން ސާވޭކުރުމާއި އީ.އައި.އޭ މަސައްކަތާއި ފެނާއި ނަރުދަމާ ނިޒާމު ފަރުމާކުރުމާއި ފެނާއި ނަރުދަމާ ނިޒާމުގެ ވިޔުގަ އެޅުމާއި އާރް.އޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުމާއި ނަރުދަމާގެ ޕަމްޕް ސްޓޭޝަން ގާއިމުކުރުން ހިމެނެއެވެ. އޭގެ އިތުރުން އިދާރީ އޮފީސް ގާއިމުކުރުމާއި ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދިނުން ހިމެނެއެވެ.