މާލެ-ތިލަފުށި ގުޅާލާ ބްރިޖްގެ މަސައްކަތް އަންނަ އަހަރު ފަށަނީ
މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލާ ބްރިޖްގެ އަމަލީ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އެ ބްރިޖްގެ މަޝްރޫއާއި ގުޅޭ ގޮތުން މިއަދު ދަރުބާރުގޭގައި ބޭއްވި މަހާސިންތާއަށްފަހު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ އެ ބްރިޖުގެ ދިގުމިން 6.7 ކިލޯ މީޓަރަށް އަރާނެ ކަމަށެވެ.
މާލެ އިން ތިލަފުއްޓަށް ގުޅާލާ ބްރިޖުގެ އަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށާއި މިހާތަނަށް ބޭނުންވާ ޑިޒައިން މަސައްކަތާއި ޓެންޑާ ކުރުމަށް ބޭނުންވާ ކަންތައްތަކަށް ތައްޔާރުވަމުންދާ ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.
އެ ބްރިޖްގެ މަސައްކަތް 2023 ވަނަ އަހަރަށް ނިންމާލެވޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މިނިސްޓަރު އަސްލަމް ވިދާޅުވި ގޮތުގައި ބްރިޖް ހަދާނީ މާލެ އާއި ވިލިމާލެއާ ދެމެދު ކަނޑުއޮޅިން ދޯނިތަކަށް ދަތުރުކުރެވޭ ގޮތަށެވެ. ވިލިމާލެ އާއި ގުޅީފަޅު އަދި ގުޅީފަޅާއި ތިލަފުއްޓާއި ދެމެދުން ކުދި ކަނޑު އުޅަނދުތަކަށް ދަތުރުކުރެވޭނެ ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.
މިނިސްޓަރު އަސްލަމް ވިދާޅުވީ ބްރިޖްގެ ފުޅާމިން ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ޔަގީނުންވެސް މަދުވެގެން ފަޅިއަކަށް ދެ ލޭން ހުންނާނެ ކަމަށެވެ.
ރާއްޖެ ތެރެ
އަދިވެސް މާލެ ސަރަހައްދު ދޯ ތަރައްގީ ކުރަންވީ.
ވައުދު
މާލެ އަށް ވީ ވައުދު ފުއްދުން މެކުހަށް، ރާއްޖެތެރެ ހަމަ ނިކަމެތި ހާލުގައި. ދެރަކަމެއް