ހެނބަދޫ

ހެނބަދޫގައި ފެން ހިންދާ ނިޒާމެއް ގާއިމުކޮށްދޭނެ ފަރާތެއް ހޯދަނީ

ނ. ހެނބަދޫގައި ފެން ހިންދާ ނިޒާމެއް ގާއިމުކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފިއެވެ.

ހެނބަދޫ ކައުންސިލްގެ އިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް، އެ ރަށުގައި ފެން ހިންދާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން މީގެ ކުރިންވެސް އެ ކައުންސިލުުން ވަނީ އިއުލާނުކޮށްފައެވެ. ނަމަވެސް އެ އިއުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަށް މައުލޫމާތު ސާފުކޮށްފައި ނުވާތީ އަދި އެކަށީގެންވާ އަދަދަށް އެސްޓިމޭޓް ހުށަހަޅާފައި ނުވާތީ އެ އިއުލާން ބާތިލުކޮށް، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން ވަނީ އިއުލާނުކޮށްފައެވެ.

ފެން ހިންދާ ނިޒާމް ގާއިމުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 28 ވަނަ ދުވަހުގެ 13:00 އަށް، ހެނބަދޫ ކައުންސިލްގެ އިދާރާއަށް ގޮސް މައުލޫމާތު ސާފުކުރަން ޖެހެއެވެ. އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނީ އަންނަ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުގެ 13:00 އަށް، ހެނބަދޫ ކައުންސިލް އިދާރާއަށެވެ.