އެސްއެމްއީ ބޭންކުން އެޕްލިކޭޝަން ބަލައިގަންނަން ފަށައިފި

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީ ފޯރުކޮށްދޭން ހުޅުވި، އެސްއެމްއީ ފައިނޭންސިން އެންޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެސްޑީއެފްސީ) އަށް ލޯނު ޕްރޮޕޯސަލް ބަލައިގަންނަން ފަށައިފިއެވެ.

އެސްޑީއެފްސީ އިން ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން ހަތަރު ލޯނު ޕްރޮޑަކްޓެއް ތައާރަފުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ "ހަރުމުދާ" އާއި "ދަނޑުވެރި ނަފާ" އާއި "ވިޔަފާރި އެހީ" ގެ އިތުރުން "ރަށު ފަތުރު" ގެ ނަމުގައި ތައާރަފުކޮށްފައިވާ ލޯނު ޕްރޮޑަކްޓެވެ.

ލޯނުތަކަށް އަމިއްލަ އަތުން ކުރަން ޖެހޭ އަދަދު ނުވަތަ "އިކުއިޓީ ރިކުއައިމަންޓް" އުޅެނީ 15 އިންސައްތަ އާއި 20 އިންސައްތައިގައެވެ. ލޯނުގެ ގޮތުގައި 75،000 ރުފިޔާ އާއި 5،000،000 ރުފިޔާ އާ ދެެމެދުގެ އަދަދެއް ދޫކުރެއެވެ.