ވިސްތާރާގެ ފްލައިޓް ވީއައިއޭގައި: ފޮޓޯ ވީއައިއޭ ޓްވިޓާ

ވިސްތާރާއިން ރާއްޖެއަށް ދަތުރުތައް ފަށައިފި

އިންޑިއާގެ ވިސްތާރާއިން ރާއްޖެއަށް ދަތުރުތައް ފަށައިފިއެވެ.

މުމްބާއީ-މާލެ-މުމްބާއީ ދަތުރުތައް ވިސްތާރާއިން ފަށާފައިވަނީ ބުދަ ދުވަހުއެވެ. ވިސްތާރާގެ ފްލައިޓަށް މަރުހަބާ ކިޔުމުގެ ގޮތުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ވިސްތާރާގެ ފްލައިޓަށް ވަނީ ވޯޓާ ސެލިއުޓެއް ދީފައެވެ. ވިސްތާރާއިން މާލެ-މުމްބާއީއަށް ކުރާ ދަތުރުތައް ފެށުން ވީއައިއޭގައި ވަނީ ފާހަގަކޮށްފައެވެ.

ރާއްޖެއަށް ދަތުރުތައް ފަށަން އުޅޭކަން ވިސްތާރާއިން ހާމަކުރީ ނިމިގެންދިޔަ ފެބްރުއަރީ މަހުއެވެ. އެ އެއާލައިނުން މިހާރު ހާމަކޮށްފައިވާ ގޮތުން މިއަހަރުގެ އެޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ބުދަ، ހޮނިހިރު އަދި އާދިއްތަ ދުވަހު މުމްބާއީ-މާލެ-މުމްބާއީ އާދެމެދު އެ އެއާލައިނުން ދަތުރުކުރާނެއެވެ.

އެ އެއާލައިނުން ހާމަކޮށްފައިވާ ގޮތުން މުމްބާއީ-މާލެ-މުމްބާއީ ޓިކެޓްގެ އަގު ފެށެނީ 17699 ރުޕީސްއަށެވެ. މާލެ-މުމްބާއީ-މާލެ ޓިކެޓްގެ އަގު ފެށެނީ 3499 ރުފިޔާއަށެވެ.