ބީއެމްއެލަށް ލިބުނު ފައިދާ އެއް ބިލިއަން ރުފިޔާއަށް
މިދިޔަ އަހަރު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މާލީ ފައިދާ ޓެކުހަށް ކެނޑުމަށްފަހު ލިބުނު ފައިދާ އެއް ބިލިއަން ރުފިޔާއަށް އަރައިފިއެވެ.
ބީއެމްއެލް އިން އާންމުކުރި މިދިޔަ އަހަރުގެ މާލީ ރިޕޯޓްގައި ބުނެފައިވާ ގޮތުން، ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުން ވެސް ރަނގަޅު ފައިދާތަކެއް އެ ބޭންކުން ވަނީ ހޯދާފައެވެ.
މިދިޔަ އަހަރު ބީއެމްއެލް އިން ލޯނު ދޫކުރި ނިސްބަތް އިތުރުވެފައިވާއިރު އޭގެ ނަތީޖާއެއްގެ ގޮތުން މިދިޔަ އަހަރުވެސް ބީއެމްއެލްގެ މާލީ ފައިދާ 1.6 ބިލިއަން ރުފިޔާ އަށް އަރާފައެވެ.