ޕޫނޭއާއި ރާއްޖެއާ ދެމެދު ދަތުރު ފެށުމަށް އިންޑިގޯ އިން ތައްޔާރުވެއްޖެ

އިންޑިއާގެ ބަޖެޓް އެއާލައިނެއް ކަމުގައިވާ އިންޑިގޯގެ ދަތުރުތައް، އިންޑިއާގެ މަހާރާޝްތްރާގެ ސިޓީއެއް ކަމުގައިވާ ޕޫނޭ އާއި ރާއްޖެއާ ދެމެދު ފެށުމަށް ތައްޔާރުވެއްޖެއެވެ.

އިންޑިގޯގެ އެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މާޗް މަހުގެ 25 ވަނަ ދުވަހުއެވެ. ޕޫނޭ އާއި ރާއްޖެއާމެދު އިންޑިގޯއިން ފެށުމަށް ތައްޔާރުވެފައިވާ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ބެންގަލޫރް މަގުންނެވެ.

ޕޫނޭ އިން ރާއްޖެއަށް އިންޑިގޯ އިން ކުރާ ދަތުރަކީ ގާތްގަނޑަކަށް 10 ގަޑިއިރުގެ ދަތުރެކެވެ. ޕޫނޭ އެއާޕޯޓުން ފްލައިޓް ފުރުމަށް ހަމަޖެހިފައިވަނީ އެ ގައުމުގެ ގަޑިން ފަތިހު 5:00 ގައެވެ. ނަމަވެސް އެ ދަތުރުތަކާއި ގުޅޭ މާބޮޑު ތަފުސީލއެއް އަދި އެ އެއާލައިނުން ހާމައެއް ނުކުރެއެވެ.

އިންޑިގޯ އިން މިހާރުވެސް އިންޑިއާގެ މުމްބާއީ އަދި ކޮޗިނުން ރާއްޖެއަށް ދަތުރުކުރަމުންނެވެ.