ޕްރޮމޯޝަންގެ ނަސީބުވެރިޔާއަށް އިނާމު ހަވާލުކުރަނީ: ފޮޓޯ އުރީދޫ

އުރީދޫ ޕްރޮމޯޝަންގެ ނަސީބުވެރިޔާއަށް މެލޭޝިޔާ ދެކޮޅު ޓިކެޓް

އުރީދޫގެ އެމްފައިސާ މެދުވެރިކޮށް ބިލަށް ފައިސާ ދައްކައިގެން މެލޭޝިޔާ ދަތުރު ލިބޭ ޕްރޮމޯޝަންގެ އޮކްޓޫބަރު މަހުގެ ނަސީބުވެރިޔާ ހޮވާ އިނާމު ހަވާލުކޮށްފިއެވެ. އޮކްޓޫބަރު މަހުގެ ނަސީބުވެރިޔަކަށް ހޮވިފައިވަނީ އަހުމަދު ރިފާއުއެވެ.

މިއަހަރުގެ އޮކްޓޫބަރު މަހު ފެށި އެ ޕްރޮމޯޝަން މިއަހަރުގެ ނިޔަލަށް ކުރިއަށްގެންދާއިރު، ޕްރޮމޯޝަންގެ މުއްދަތުގައި އެމްފައިސާ މެދުވެރިކޮށް ބިލަށް ފައިސާ ދައްކާ ބޭފުޅުންގެ ތެރެއިން ކޮންމެ މަހަކު ހޮވޭ ނަސީބުވެރި ފަރާތަކަށް މެލޭޝިޔާ ދެކޮޅު ޓިކެޓް ލިބޭނެ ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.

އުރީދޫ އިން ބުނި ގޮތުގައި އެމްފައިސާ މެދުވެރިކޮށް، އުރީދޫގެ ފޯނު ބިލާއި، އުރީދޫ ސުޕަނެޓް ބިލާއި ފެން ބިލްގެ އިތުރުން މީޑިއާނެޓް ބިލް އަދި ކަރަންޓް ބިލަށް ފައިސާ ދެއްކޭނެއެވެ.

އެމްފައިސާ އަކީ މޮބައިލް ވޮލެޓެކެވެ. އެމްފައިސާ މެދުވެރިކޮށް ފައިސާ ފޮނުވުމުގެ ހިދުމަތް ލިބޭނެއެވެ. އަދި އެމްފައިސާ ސަޕޯޓްކުރާ ރެސްޓޯރެންޓް އަދި ކެފޭގެ ބިލްތަކަށް، އެމްފައިސާ މެދުވެރިކޮށް ދައްކާލެވޭނެއެވެ.