ބީއެމްއެލް: ފައިލް ފޮޓޯ ބީއެމްއެލް

ބީއެމްއެލްއިން އީދަށް ފޮޓޯ މުބާރާތެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އީދަށް ހާއްސަކޮށް، ފައިސާގެ އިނާމު ލިބޭ ފޮޓޯ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

"އީދު ކިހިނެތް؟" ގެ ނަމުގައި ކުރިއަށް ގެންދާ އެ މުބާރާތް އޮންނާނީ ޖޫން މަހުގެ ހަތަރު ވަނަ ދުވަހުން ހަވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި އެ މުބާރާތަކީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ކުރިއަށް ގެންދާ މުބާރާތެކެވެ. #Eidkihineh ހޭޝްޓެގް ޖެހުމަށްފަހު އީދުގެ ކުޅިވަރުތަކާއި އީދު އުފާގެ ފޮޓޯތައް އަދި އީދު ފާހަގަކުރުމަށް އާއިލާއާއެކު ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ޝެއާ ކުރުމުން މުބާރާތުގައި ބައިވެރިވެވޭނެއެވެ.

މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން، ނަސީބުވެރި ތިން ފަރާތަކަށް، ކޮންމެ ފަރާތަކަށް 5،000 ރުފިޔާގެ ފައިސާގެ އިނާމު ދޭނެއެވެ. މުބާރާތުގެ ނަސީބުވެރި ފަރާތްތައް ހޮވުން އޮންނާނީ ޖޫން މަހުގެ ނުވަވަނަ ދުވަހުއެވެ.