ކޮވިޑް-19 އާ ގުޅިގެން 866 މިލިއަން ރުފިޔާ ހަރަދުވެއްޖެ
ކޮވިޑް-19 އާ ގުޅިގެން މިހާތަނަށް 866.9 މިލިއަން ރުފިޔާ ހަރަދުވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީން އެންމެފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ އަދަދަކީ މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް، ކޮވިޑް-19 އާއި ގުޅިގެން ހަރަދުކުރެވިފައިވާ މިންވަރެވެ. އަދި މިއީ ހަތަރު ހަފުތާގެ ހަރަދު ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
ކޮވިޑް-19 ހަރަދުތައް: ބިޒްނަސް އޭރިއާ އަދި ޓްރަސްޓް ފަންޑް
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީއަށް 567.7 މިލިއަން ރުފިޔާ ހޭދަވެފައިވާއިރު، ހެލްތު މިނިސްޓްރީއަށް 139.2 މިލިއަން ރުފިޔާ އަދި ޕްލޭނިން މިނިސްޓްރީއަށް 28 މިލިއަން ރުފިޔާ ހޭދަވެފައިވެއެވެ.
ކޮވިޑް-19 އާ ގުޅިގެން ހަރަދު ހިނގި ބައެއް އިތުރު މިނިސްޓްރީ އަދި ވުޒާރާތައް
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް: 6.9 މިލިއަން ރުފިޔާ
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ: 4.4 މިލިއަން ރުފިޔާ
ފޮރިން މިނިސްޓްރީ: 3.7 މިލިއަން ރުފިޔާ
މޯލްޑިވްސް ޕޮލިސް ސާވިސް: 1.7 މިލިއަން ރުފިޔާ
ޖެންޑާ މިނިސްޓްރީ: 0.4 މިލިއަން ރުފިޔާ
އައިޖީއެމްއެޗް: 0.3 މިލިއަން ރުފިޔާ
އިމިގްރޭޝަން: 0.2 މިލިއަން ރުފިޔާ
ނޭޝަނަލް ޑްރަގް އެޖެންސީ: 0.1 މިލިއަން ރުފިޔާ
ޑިޒާސްޓާ މެނޭޖްމަންޓް ފަންޑް: 84.1 މިލިއަން ރުފިޔާ
ޓޫރިޒަމް އެކްޓިވިޓީޒް އިމްޕްލިމެންޓޭޝަން ފަންޑް: 27.2 މިލިއަން ރުފިޔާ
ޒަކާތު ފަންޑް: 3 މިލިއަން ރުފިޔާ
ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ކޮވިޑް-19 ގެ ހަރަދުގެ ތެރެއިން 3.3 މިލިއަން ރުފިޔާ ހޭދަވެފައިވަނީ ދަތުރުފަތުރުގެ ހަރަދުތަކަށެވެ. މަރާމާތާއި ގުޅުންހުރި ކަންކަމަށް 10.9 މިލިއަން ރުފިޔާ ހޭދަވިއިރު، އޮޕަރޭޝަނަލް ހިދުމަތްތަކަށް 40.1 މިލިއަން ރުފިޔާ ހޭދަވެފައިވެއެވެ. އެހީ، ކޮންޓްރިބިއުޝަން އަދި ސަބްސިޑީޒަށް 112.6 މިލިއަން ރުފިޔާ ހޭދަވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.