ފޮޓޯ: އެސްޓީއޯ

އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ޕްރޮމޯޝަނެއް ފަށައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެސްޓީއޯ އިން ބުނީ މިއީ 'ބެކް ޓު ސޫކޫލް ޕްރޮމޯޝަން' ގެ ދަށުން ކުރިޔަށް ގެންދާ ޑެވަންޑޭލް ކިރަށް ޚާއްސަ ޕްރޮމޯޝަނެއް ކަމަށާއި މި ޕްރޮމޯޝަން އޮގަސްޓް މަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.

"ޕެކެޓަކަށް ތައްޓެއް" ގެ ނަމުގައި ފެށި މި ޕްރޮމޯޝަންގައި އެސްޓީއޯއިން ވިއްކާ ޑެވަންޑޭލް ހިކި ކިރު ޕެކެޓާއި އެއް ލީޓަރުގެ ފުލް ކްރީމް ކިރު ޕެކެޓު ގަތުމުން ހިލޭ ތައްޓެއް ލިބޭނެއެވެ.

މީގެ އިތުރުން ޑެވަންޑޭލް، އައިވީ އާއި ހެޕީ ކައު ބްރޭންގެ ތަކެތި ގަންނަ ފަރާތްތަކަށް ގިފްޓް ވައުޗަރއާއި އެހެނިހެން އިނާމުތައް ވެސް ކަނޑައެޅިފައިވާ ކަމަށް އެސްޓީއޯއިން ބުނެއެވެ.