ވީލްޗެއާ ހަދިޔާ ކުރުމަށްފަހު ބީއެމްއެލްގެ މުވައްޒަފުން ފޮޓޯއަކަށް ހުއްޓިގެން: ފޮޓޯ ބީއެމްއެލް

ބީއެމްއެލުން ދެ މީހަކަށް މޮޓޮރައިޒްޑް ވީލްޗެއާ ހަދިޔާކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހާއްސަ އެހީއަށް ބޭނުންވާ ދެ ފަރާތަކަށް ފުރޮޅުލީ ގޮނޑި ހަދިޔާކޮށްފިއެވެ.

ބީއެމްއެލްގެ މޮޓޮރައިޒްޑް ވީލްޗެއާ ޕްރޮގްރާމްގެ ދަށުން ފޮރުޅުލީ ގޮނޑި ހަދިޔާކޮށްފައިވަނީ ށ. ފުނަދޫ، ހަސަން ފަޔާޒް އާއި ށ. މާއުނގޫދޫ ނަސީބާ ނަސްރުއްދީނަށް ކަމަށް އެ ބޭންކުން ބުނެއެވެ.

ބޭންކްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ، ބީއެމްއެލްގެ މޮޓޮރައިޒްޑް ވީލްޗެއާ ޕްރޮގްރާމްގެ ސަބަބުން ގިނަ ބައެއްގެ ދިރިއުޅުމަށް އެކަމުގެ ހެޔޮ ބަދަލެއް އައުމަކީ ލިބޭ އުފަލެއް ކަމަށެވެ. އަދި މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބީއެމްއެލް އިން އަބަދުވެސް އަހަމިއްޔަތުކަން ދެމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ބީއެމްއެލްގެ އެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް ވަނީ 16 ފަރާތަކަށް މޮޓޮރައިޒްޑް ޗީލްޗެއާ ހަދިޔާކޮށްފައެވެ.