އުރީދޫ މަސްރޭހުގެ ޗެމްޕިއަން ޓީމަށް ފައިސާގެ އިނާމު ހަވާލުކުރަނީ: ފޮޓޯ އުރީދޫ

އުރީދޫ މަސް ރޭހުގެ ޗެމްޕިއަންކަން ޓީމް ބޮއި ބައި މިލައިދޫ އިން ހޯދައިފި

މިއަހަރުގެ ރޯދަ މަހު އުރީދޫ އިން ކުރިއަށް ގެންދިޔަ އުރީދޫ މަސް ރޭހުގެ ޗެމްޕިއަންކަން ޓީމް ބޮއި ބައި މިލައިދޫ ހޯދައިފިއެވެ.

އެ ޓީމުން ޗެމްޕިއަންކަން ހޯދީ، ފޯރިގަދަ ފައިނަލެއްގައި ޓީމް ވެލައްސަރު، ސްޓެލްކޯ މެން އަދި ސްޓެލްކޯ ވިމަންއާ ވާދަކޮށެވެ. ރޭ ވަނީ ޗެމްޕިއަން މުބާރާތުގެ އިނާމު ހަވާލުކުރުން ކުރިއަށް ގެންގޮސްފައެވެ.

ޗެމްޕިއަން ޓީމް: ޓީމް ބޮއި ބައި މިލައިދޫ، އިނާމު 50،000ރ. އެ ޓީމުން ވަނީ އެ އިނާމު ކުޑަކުދިންގެ ހިޔާއަށް ހަދިޔާކޮށްފައެވެ.

އެންމެ ބަރުމަސް ބޭނި ކެޔޮޅު: ޓީމް ވެލައްސަރުގެ އަމީން، އިނާމު: 5،000ރ. ޓީމް ވެލައްސަރުގެ އަމީން ވަނީ 7.2 ކިލޯގެ ކަޅުއޮށްފާނައެއް ބާނާފަ.

މުބާރާތުގެ ފިރިހެން މަސްވެރިޔާ: ދިވެހި ސިފައިންގެ ކްލަބްގެ ޝިޔާޒް: އިނާމު 5،000ރ އާއި ރަންކޯރި، ޝިޔާޒް ވަނީ 24 މަސް ބާނާފަ.

މުުބާރާތުގެ އަންހެން މަސްވެރިޔާ: ސްޓެލްކޯ ވިމަންސް ޓީމުން އަމީނާ: އިނާމު 5،000ރ އާއި ރަންކޯރި. އަމީނާ ވަނީ 11 މަސް ބާނާފަ.

މިއީ އުރީދޫ މޯލްޑިވްސް އިން މި މުބާރާތް ބޭއްވި 10 ވަނަ އަހަރެވެ. މުބާރާތުގައި 16 ޓީމް ބައިވެރިވިއެވެ.