ދިރާގު ހެޑް އޮފީސް: ފައިލް ފޮޓޯ ދިރާގު

ދިރާގުން ފައިބަރ ބްރޯޑްބޭންޑް ޕްރޮމޯޝަނެއް ފަށައިފި

ދިރާގު ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އަންނަ އޮކްޓޫބަރު މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި، އިތުރު ހަރަދެއް ނުކޮށް ދެ މަސްދުވަހުގެ މުއްދަތަށް ހައި ސްޕީޑް އިންޓަނެޓާއި ގިނަ އެލަވެންސް ހިމެނޭ ޕެކޭޖް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބޭނެއެވެ.

އެ ޕްރޮމޯޝަންގައި، ދިރާގު ފައިބަރ ބްރޯޑްބޭންޑް އަދި އޭޑީއެސްއެލް ކަސްޓަމަރުން މިހާރު ބޭނުންކުރައްވާ ޕެކޭޖްގެ އަގުގައި އެ ޕެކޭޖަށްވުރެ މަތީ ޕެކޭޖެއް ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.

ޕްރޮމޯޝަންގެ މުއްދަތުގައި ކަސްޓަމަރުން ބޭނުންނަމަ އަނބުރާ ކުރީގެ ޕެކޭޖަށް ބަދަލު ކުރެވޭ އިރު ޕްރޮމޯޝަނަށްފަހު ޕެކޭޖް ބަދަލު ނުކުރުމުގެ އިހުތިޔާރުވެސް ކަސްޓަމަރުންނަށް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގު ވެބްސައިޓާއި މައި އެކައުންޓް ބޭނުންކޮށްގެން، ޕެކޭޖް ބަދަލު ކުރެވޭނެއެވެ. ދިރާގުގެ ކަސްޓަމާ ސާވިސް ސެންޓަރަކަށް ވަޑައިގެންވެސް ޕެކޭޖް ބަދަލު ކުރެވޭނެއެވެ.

ދިރާގުން ވަނީ ތަފާތު އެކި ސްޕީޑްގައި އިންޓަނެޓް ލިބޭ ޕެކޭޖްތަކެއް ތައާރަފުކޮށްފައެވެ. އޭގެ ތެރޭގައި ފަސް އެމްބީޕީއެސް އިން ފެށިގެން 1 ޖީބީޕީއެސް ގައި އިންޓަނެޓް ލިބޭ ޕެކޭޖް ހިމެނޭ ކަމަށް ދިރާގުން ބުންޏެެވެ.