ވީއައިއޭގެ މަސައްކަތްތަކުގެ މައުލޫމާތު ރައީސް މިއަހަރުގެ ޖެނުއަރީމަހު އޮޅުންފިލުއްވަނީ: ފައިލް ފޮޓޯ ރައީސް އޮފީސް

ދައުލަތުގެ ހަރަދު 3.7 ބިލިއަން ރުފިޔާއަށް

ދައުލަތުގެ ހަރަދު 3.7 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދައުލަތުގެ ހަރަދު ވަނީ 3.75 ބިލިއަން ރުފިޔާއަށް އަރާފައެވެ. ހަރަދުގެ 76 އިންސައްތައަކީ ރިކަރަންޓް ހަރަދެވެ. 24 އިންސައްތައަކީ ކެޕިޓަލް ހަރަދެވެ.

އެ މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް އަދި ޕެންޝަނަށް 1.6 ބިލިއަން ރުފިޔާ ވަނީ ހަރަދުވެފައެވެ. އިދާރީ އަދި ހިންގުމުގެ ހަރަދަށް 1.2 ބިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މި މުއްދަތުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނީ 3.1 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން 87 އިންސައްތައަކީ ޓެކްސް އާމްދަނީއެވެ. ޓެކްސް އާމްދަނީގެ ގޮތުގައި ދައުލަތަށް 2.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު ނޮން-ޓެކްސް އާމްދަނީގެ ގޮތުގައި 390 މިލިއަން ރުފިޔާ ލިބިފައިވެއެވެ.