ވެލާ ޕްރައިވެޓް އައިލެންޑް: ފައިލް ފޮޓޯ ވެލާ

އެންމެ ބޮޑު ސާވިސް ޗާޖެއް ދިނީ ވެލާ ޕްރައިވެޓް އައިލެންޑުން

ސާވިސް ޗާޖުގެ ގޮތުގައި ނިމިގެން ދިޔަ މޭ މަހު އެންމެ ބޮޑު އަދަދެއް މުވައްޒަފުންނަށް ދިން ރިސޯޓަކަށް ވެލާ ޕްރައިވެޓް އައިލެންޑް ވެއްޖެއެވެ.

ރިސޯޓުތަކުން މުވައްޒަފުންނަށް ދޭ ސާވިސް ޗާޖުގެ މައުލޫމާތު ހާމަކުރާ "މޯލްޑިވްސްއެސްސީ.ކޮމް" އިން ހާމަ ކުރި ގޮތުގައި މޭ މަހު ވެލާ ޕްރައިވެޑް އައިލެންޑުން ވަނީ ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 1509.98 ޑޮލަރު (23،283.89ރ.) ދީފައެވެ.

ސާވިސް ޗާޖުގެ ގޮތުގައި މުވައްޒަފުންނަށް ދެވަނައަށް އެންމެ ބޮޑު އަދަދެއް ދީފައިވަނީ ޝެވަލް ބްލޮންކް ރަންދެލިންނެވެ. އެ ރިސޯޓުން ވަނީ ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް މިދިޔަ މަހު 1،061.94 ޑޮލަރު (16،375.11ރ.) ދީފައެވެ.

މޯލްޑިވްސްސީއެސް.ކޮމް ގައި، މިހާތަނަށް ހިމަނާފައިވަނީ ރާއްޖޭގެ 61 ރިސޯޓަކުން ސާވިސް ޗާޖުގެ ގޮތުގައި މުވައްޒަފުންނަށް ދިން އަދަދުގެ ތަފުސީލެވެ. އެ ވެބްސައިޓްގައި ރާއްޖޭގެ 85  ރިސޯޓަކުން ސާވިސް ޗާޖުގެ ގޮތުގައި މުވައްޒަފުންނަށް ދިން އަދަދު އަދި ހިމަނާފައި ނުވެއެވެ.