ވޮއްމުލި ރިސޯޓް: ފޮޓޯ ބުކިން.ޑޮމް

އެންމެ ގިނަ ސާވިސް ޗާޖު ދިނީ ވޮއްމުލި ރިސޯޓުން

މިދިޔަ މަހު ސާވިސް ޗާޖުގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ދިން ރިސޯޓަކަށް "ދަ ސެއިންޓް ރެޖިސް ވޮއްމުލި ރިސޯޓް" ވެއްޖެއެވެ.

ރިސޯޓްތަކުގެ މުވައްޒަފުންނަށް ދޭ ސާވިސް ޗާޖުގެ މައުލޫމާތު ހާމަކުރާ މޯލްޑިވްސްއެސްސީ.ކޮމް ގެ ހިސާބުތައް ދައްކާ ގޮތުން ވޮއްމުލި ރިސޯޓުން ވަނީ ކޮންމެ މުވައްޒަފަކަށް ސާވިސް ޗާޖުގެ ގޮތުގައި 621.93 ޑޮލަރު މިދިޔަ މަހު ދީފައެވެ.

ސެޕްޓެމްބަރު މަހު ސާވިސް ޗާޖުގެ ގޮތުގައި ދެވަނަ އަށް އެންމެ ބޮޑު އަދަދެއް މުވައްޒަފުންނަށް ދިނީ ވެލިގަނޑު އައިލެންޑް ރިސޯޓުންނެވެ. އެ ރިސޯޓުން ވަނީ ކޮންމެ މުވައްޒަފަކަށް ސާވިސް ޗާޖުގެ ގޮތުގައި 620 ޑޮލަރު ދީފައެވެ.

ތިންވަނައަށް އެންމެ ބޮޑު އަދަދެއް ސާވިސް ޗާޖުގެ ގޮތުގައި މުވައްޒަފުންނަށް ދިނީ އަނަންތަރާ ކިހަވަށް ވިލާސް އިންނެވެ. ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް މި ރިސޯޓުން 609.66 ޑޮލަރު ދީފައިވާ ކަމަށް މޯލްޑިވްސްއެސްސީ.ކޮމް ގެ ހިސާބުތަކުން ދައްކައެވެ.