ރަންދެލި ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި މުވައްޒަފަކަށް 1558 ޑޮލަރު
މިދިޔަ ފެބްރުއަރީ މަހު އެންމެ ބޮޑު ސާވިސް ޗާޖެއް ދިން ރިސޯޓަކަށް ޝެވަލް ބްލޮންކް ރަންދެލި ރިސޯޓްވެއްޖެއެވެ. އެ ރިސޯޓުން ވަނީ ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 1558.26 ޑޮލަރު (24028.37 ދިވެހި ރުފިޔާ) ދީފައެވެ.
ރިސޯޓްތަކާއި ހޮޓެލްތަކުން މުވައްޒަފުންނަށް ދޭ ސާވިސް ޗާޖުގެ މައުލޫމާތު ހާމަކުރާ މޯލްޑިވްސްއެސްސީ.ކޮމް ގައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖޭގެ ނުވަ ރިސޯޓަކުން ވަނީ 1000 ޑޮލަރަށްވުރެ މަތިން މުވައްޒަފުންނަށް ސާވިސް ޗާޖު ދީފައެވެ.
ފެބްރުއަރީ މަހު އެންމެ ބޮޑު އަދަދެއް ސާވިސް ޗާޖުގެ ގޮތުގައި މުވައްޒަފުންނަށް ދިން 10 ރިސޯޓް.
ޝެވަލް ބްލޮންކް ރަންދެލި: މުވައްޒަފަކަށް 1558.26 ޑޮލަރު (24028.37 ރުފިޔާ)
ވެލާ ޕްރައިވެޓް އައިލެންޑް: މުވައްޒަފަކަށް 1402.58 ޑޮލަރު (21627.78 ރުފިޔާ)
ވަން އެންޑް އޮންލީ ރީތި ރަށް: މުވައްޒަފަކަށް 1322 ޑޮލަރު (20358.24 ރުފިޔާ)
އަނަންތަރާ ކިހަވަށް ވިލާސް: މުވައްޒަފަކަށް 1300 ޑޮލަރު (20046 ރުފިޔާ)
ޖުމައިރާ ވިޓަވެލި: މުވައްޒަފަކަށް 1276.97 ޑޮލަރު (19690.88 ރުފިޔާ)
ފޯ ސީޒަންސް ރިސޯޓް: މުވައްޒަފަކަށް 1089.58 ޑޮލަރު (16801.32 ރުފިޔާ)
ސެއިންޓް ރެޖިސް ވޮއްމުލި ރިސޯޓް: މުވައްޒަފަކަށް 1077.50 ޑޮލަރު (16615.05 ރުފިޔާ)
ވާލްޑޮފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި: މުވައްޒަފަކަށް 1015 ޑޮލަރު (15651.30 ރުފިޔާ)
ކޮންސްޓެންސް ހަލަވެލި ރިސޯޓް: މުވައްޒަފަކަށް 1003 ޑޮލަރު (15466.26 ރުފިޔާ)
ބަރޮސް މޯލްޑިވްސް: މުވައްޒަފަކަށް 976.26 ޑޮލަރު (15053.93 ރުފިޔާ)
ފެބްރުއަރީ މަހަކީ އާންމުކޮށް، ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ މަހެކެވެ. ނަމަވެސް ދުނިޔޭގައި މިހާރު ފެތުރެމުން އަންނަ ކޯވިޑް-19 ނޭދެވޭ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް ވަނީ ވަރަށް ބޮޑަށް ކޮށްފައެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޗައިނާ އިން ރާއްޖެއަށް ކުރާ ސީދާ ދަތުރުތައް މިހާރު ވަނީ ހުއްޓާލާފައެވެ. އަދި ކުރޫޒް ލައިނާތައް ރާއްޖެ އައުން ވަގުތީ ގޮތުން ވަނީ މަނާކޮށްފައެވެ.