މިފްކޯއިން ބޭއްވި އިވެންޓެއްގައި ވިއްކަން ބާއްވާފައި އޮތް މަހެއް: ފައިލް ފޮޓޯ މިފްކޯ

އެކްސްޕޯޓްކުރި މަހުގެ އަގު 82 މިލިއަން ޑޮލަރަށް

ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރި މަހުގެ އަގު 82.5 މިލިއަން ޑޮލަރަށް އަރައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު އާންމުކުރި އިކޮނޮމިކް އިންޑިކޭޓާ – ޖުލައި 2019 ގައިވާ ގޮތުން އެ މިންވަރަކީ މިއަހަރުގެ މޭ މަހުގެ ނިޔަލަށް ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރި މަހުގެ އަގެވެ.

އިކޮނޮމިކް އިންޑިކޭޓާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މޭ މަހުގެ ނިޔަލަށް ރާއްޖެއިން ބޭރަށް 32،713 މެޓްރިކްޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވެއެވެ.

މިދިޔަ އަހަރު ރާއްޖެއިން 65،813 މެޓްރިކްޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވާއިރު، އޭގެ އަގު 173.8 މިލިއަން ޑޮލަރަށް އަރާކަމަށް އިކޮނޮމިކް އިންޑިކޭޓާގެ ތަފާސްހިސާބުތައް ދައްކައެވެ.