ފުލޫނިޔާމަގުގެ މި ސަރަހައްދުން މިރޭ ފެން ކެނޑޭނެ

ފުލޫނިޔާމަގުގެ ސަރަހައްދަކުން މިރޭ ފެނުގެ ހިދުމަތް މެދުކެނޑިގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީ އިން ބުނެފިއެވެ.

"18 މާރިޗު 2021 ވާ ބުރާސްފަތި ދުވަހުގެ ރޭ (މިރޭ) 23:00 އިން 04:00 އަށް ޝަހީދު އަލީ ހިނގުމާއި އިއްޒުއްދީންމަގާއި ދެމެދުން، ފުލޫނިޔާމަގު ގައި ހިމެނޭ ހުރިހާ ގޭބީސީތަކުން، ފެނުގެ ހިދުމަތް މެދުކެނޑިގެން ދާނެ" ކަމަށް އެމްޑަބްލިޔުއެސްސީ ބުނެފައިވެއެވެ.

އެމްޑަބްލިޔުއެސްސީއިން ބުނި ގޮތުގައި އެ ސަރަހައްދުން ފެނުގެ ހިދުމަތް މެދުކެނޑިގެންދަނީ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓްގެ ދަށުން މިހާރު މަސައްކަތް ކުރަމުންދާ ފުލޫނިޔާމަގު ގައި ކުރިން އަޅާފައިވާ ފެން ހޮޅި އާއި މިހާރު އަލަށް އަޅާފައިވާ ފެން ހޮޅި ގުޅާލުމުގެ މަސައްކަތް ކުރުމަށެވެ.