ފެނުގެ ހިދުމަތް ކެނޑޭތީ އެމްޑަބްލިޔުއެސްސީން ނެރުނު ނޯޓިސް

މާލޭގެ ސަރަހައްދަކުން މިރޭ ފެނުގެ ހިދުމަތް މެދުކެނޑޭނެ

ފެން ހޮޅީގެ މަސައްކަތެއް ކުރާތީ މިރޭ، މާލޭގެ ސަރަހައްދަކުން ފެނުގެ ހިދުމަތް މެދުކެނޑިގެންދާނެ ކަމަށް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ބުނެފިއެވެ.

އެމްޑަބްލިޔުއެސްސީ އިން ހާމަކުރި ގޮތުގައި ފެނުގެ ހިދުމަތް ކެނޑޭނީ ފުލޫނިޔާ ގޯޅީގައި ހިމެނޭ ހުރިހާ ގޭބީސީތަކާއި ހަވީރީހިނގުމާއި ފުލޫނިޔާ މަގާއި ދެމެދުން، ޝަހީދު އަލީ ހިނގުމުގައި ހިމެނޭ ހުރިހާ ގޭބީސީތަކުންނެވެ.

އެ ކުންފުނިން ހާމަކުރި ގޮތުގައި ފެނުގެ ހިދުމަތް މެދުކެނޑިގެންދަނީ މާލޭ ސިޓީ ކައުންސިލްގެ "ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓް" ގެ ދަށުން މިހާރު މަސައްކަތް ކުރަމުންދާ ޝަހީދު އަލީ ހިނގުމުގައި ކުރިން އަޅާފައިވާ ފެން ހޮޅިއާއި މިހާރު އަލަށް އަޅާފައިވާ ފެން ހޮޅި ގުޅާލުމުގެ މަސައްކަތް ކުރިއަށްދާނެތީއެވެ.

ފެނުގެ ހިދުމަތް މެދުކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް އެމްޑަބްލިޔުއެސްސީގެ ފަރާތުން ވަނީ މައާފަށް އެދިފައެވެ.