އިންފޯގްރެފިކް : އެމްޑަބްލިޔުއެސްސީ

މާޅެންދޫގެ ފެނާއި ނަރުދަމާ މަޝްރޫއުގެ 20 އިންސައްތަ ނިމިއްޖެ

ނ. މާޅެންދޫގެ ފެނާއި ނަރުދަމާ މަޝްރޫއުގެ 20 އިންސައްތަ ނިމިފައިވާ ކަމަށް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ބުނެފިއެވެ.

އެމްޑަބްލިޔުއެސްސީ އިން ހާމަކުރި ގޮތުގައި 42.9 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން 154 ގެއަށް ފެނާއި ނަރުދަމާ ގުޅައިދޭނެއެވެ. މަޝްރޫއުގެ ދަށުން އާރު.އޯ ފެސިލިޓީ އާއި ސީ އައުޓްފޯލް ގާއިމުކުރެވިގެންދާއިރު ތިން ޕަމްޕިން ސްޓޭޝަނާއި ފެން ރައްކާކުރާ ތިން ތާނގި ބެހެއްޓިގެންދާނެއެވެ.

މަޝްރޫއުގެ ދަށުން 11.7 ކިލޯމީޓަރުގެ ފެނުގެ ވިއުގައެއް ގާއިމުކުރާނެއެވެ. އޭގެ އިތުރުން 7.9 ކިލޯމީޓަރުގެ ނަރުދަމާގެ ވިއުގައެއް ގާއިމުކުރާނެއެވެ.

އެމްޑަބްލިޔުއެސްސީ އިން ހާމަކުރި ގޮތުގައި އާރު.އޯ ފެސިލިޓީގެ 53 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އަދި ނަރުދަމާ ވިއުގަގެ 43 އިންސައްތަ ވަނީ ނިމިފައެވެ.