މުނިޔާމަގުން މިރޭ ފެން ކެނޑޭނެ ސަރަހައްދު އެމްޑަބްލިޔުއެސްސީ އިން ފާހަގަކޮށްފަ

މި ސަރަހައްދުން މިރޭ ފެން ކެނޑޭނެ

މުނިޔާމަގުގެ ސަރަހައްދަކުން މިރޭ ފެނުގެ ހިދުމަތް މެދުކެނޑިގެންދާނެ ކަމަށް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ހާމަކޮށްފިއެވެ.

އެމްޑަބްލިޔުއެސްސީ އިން ހާމަކުރި ގޮތުގައި މިރޭ ފެނުގެ ހިދުމަތް މެދުކެނޑިގެންދާނީ ހަނދުވަރީ ހިނގުމާއި އިއްޒުއްދީންމަގާއި ދޭތެރޭގައި، މުނިޔާމަގުގައި ހިމެނޭ ގޭބީސީތަކުންނެވެ. އެ ސަރަހައްދުގެ ގޭބީސީތަކުން ފެނުގެ ހިދުމަތް ކެނޑޭނީ މިރޭ 23:00 ން 04:00 އަށް ކަމަށް އެމްޑަބްލިޔުއެސްސީ އިން ބުނެފައިވެއެވެ.

އެ ކުންފުނިން ބުނި ގޮތުގައި އެ ސަރަހައްދުގެ ގޭބީސީތަކުން ފެނުގެ ހިދުމަތް މިރޭ ކެނޑިގެންދަނީ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓްގެ ދަށުން މިހާރު މަސައްކަތް ކުރަމުންދާ މުނިޔާމަގުގެ އެ ސަރަހައްދުގައި ކުރިން އަޅާފައިވާ ފެން ހޮޅި އާއި މިހާރު އަލަށް އަޅާފައިވާ ފެން ހޮޅި ގުޅާލުމުގެ މަސައްކަތް ކުރުމަށެވެ.

މާލެ ސްޓްރީޓް ސްކޭޕިންގް ޕްރޮޖެކްޓް 1 ގެ ދަށުން، ހަނދުވަރީ ހިނގުމާއި އިއްޒުއްދީންމަގާއި ދޭތެރޭގައި، ހިމެނޭ މުނިޔާމަގުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ފަށާފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.