މާލޭ ވިޔަފާރި ބަނދަރު: ފައިލް ފޮޓޯ ކަސްޓަމްސް

މާލޭ ވިޔަފާރި ބަނދަރު މާދަމާ ބަންދުކުރަނީ

ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާތީ، މާލެ ވިޔަފާރި ބަނދަރުގެ މަސައްކަތް ބަންދުކުރަން ނިންމައިފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކުރި ގޮތުގައި، މާލެ ވިޔަފާރި ބަނދަރާއި ހުޅުމާލޭގައި ހުންނަ އިންޓަނޭޝަނަލް ބަނދަރު މާދަމާ ބަންދުވާނެއެވެ. އެ ދެ ބަނދަރު އަލުން ހުޅުވާނީ އަންނަ އާދިއްތަ ދުވަހު ހެނދުނު 7:30 ގައެވެ.

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގައި 380 އަށްވުރެ ގިނަ ކެނޑިޑޭޓުން ވާދަކުރެއެވެ. ރާއްޖޭގައި ވޯޓުލުން ކުރިއަށްދާނީ ހޮނިހިރު ދުވަހު ހެނދުނު 8:00 ން ހަވީރު 4:00 އަށެވެ.