ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު

ދެ ބިލިއަން ރުފިޔާގެ ޓީބިލު ވިއްކައިފި

ފިނޭންސް މިނިސްޓްރީން ދެ ބިލިއަން ރުފިޔާގެ ޓްރެޝަރީ ބިލު (ޓީބިލު) ވިއްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ ހާމަކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި އެ މިނިސްޓްރީން ވަނީ 2.1 ބިލިއަން ރުފިޔާގެ ޓީބިލު ވިއްކާފަ އެވެ.

އޭގެ ތެރޭގައި ހިމެނެނީ 839 މިލިއަން ރުފިޔާގެ ޓީބިލަކާއި 277 މިލިއަން ރުފިޔާގެ ޓީބިލެއްގެ އިތުރުން  208 މިލިއަން ރުފިޔާގެ ޓީބިލަކާއި 864 މިލިއަން ރުފިޔާގެ ޓީބިލެކެވެ.