ގަމުގައި ހިންގަމުން އަންނަ އޭޝިއަން އެކަޑަމީ އޮފް އެއިރޮނޯޓިކްސްގައި މެއިންޓަނަންސް ސްޓާފަކު ފްލައިޓަށް ތެޔޮ އަޅަނީ: ފައިލް ފޮޓޯ އޭޝިއަން އެކަޑަމީ އޮފް އެއިރޮނޯޓިކްސް

ފްލައިޓް ޓްރެއިނިން އެކަޑަމީއެއް ހިންގާނެ ބަޔަކު ހޯދަނީ

ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި ފްލައިޓް ޓްރެއިނިން އެކަޑަމީއެއް ހިންގާނެ ބަޔަކު ހޯދަން އިއުލާނުކޮށްފިއެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ޔޫރަޕިއަން ޔޫނިއަން އޭވިއޭޝަން ސޭފްޓީ އެޖެންސީ (އީއޭއެސްއޭ) އިން އެކްރެޑިޓްކޮށްފައިވާ ފްލައިޓް ޓްރެއިނިންގް އެކަޑަމީއެއް ގަން އެއާޕޯޓުގައި ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމަށް ހުޅުވާލާކަމަށެވެ. ފްލައިޓް ޓްރެއިނިން އެކަޑަމީ ހިންގާ ފަރާތުން އެއާކްރާފްޓާއި ސިމިއުލޭޓާ ހޯދަން ޖެހެއެވެ.

ފްލައިޓް ޓްރެއިނިން އެކަޑަމީ ހިންގުމަށް އެދޭ ފަރާތަކީ ކަމުގެ ތަޖުރިބާ ހުރި އަދި މާލީ ގޮތުން އެކަން ކުރުމުގެ ގާބިލުކަން ހުރި ފަރާތަކަށް ވާން ޖެހޭނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ. އެކަޑަމީ ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން ޖުލައި މަހުގެ 11 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހަޅަންޖެހެއެވެ.

ގަމުގައި މިހާރުވެސް އޭޝިއަން އެކަޑަމީ އޮފް އެއިރޮނޯޓިކްސްގެ ނަމުގައި ފްލައިޓް ޓްރެއިނިން އެކަޑަމީއެއް އަންނަނީ ހިންގަމުންނެވެ.