24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ އިތުރު ވިޔަފާރިތަކަކަށް

މާލޭގައި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ އިތުރު ފަރާތްތަކަކަށް އިކޮނޮމިކް މިނިސްޓްރީން ދީފިއެވެ.

މެދުކެނޑުމަކަށްފަހު އަލުން 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދޭން ފަށާފައިވާއިރު މިހާތަނަށް 8 ކެފޭ އަކަށާއި 3 ފިހާރައަކަށް ވަނީ 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދީފައެވެ.

ސައްވީސް ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ އަލަށް ދީފައިވަނީ ރިޓްރީޓް ޑިލައިޓާއި މަސްމާރު ކޭޓް މަތީގައި ހުންނަ މާރުކޭޓް ހޮޓަލާއި، ހާބަރު ފުޑް ކޯޓްގައި ހުންނަ ނޮވެލް ބިސްޓްރޯގެ އިތުރުން ޑޯލްފިން ވިއު ކެފޭ އަށެވެ. 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ އަލަށް ދީފައިވާ ފިހާރަތަކަކީ ސޯސަންމަގުގައި ހުންނަ ނިއު ޗެއިން އާއި އެ މަގުގައި ހުންނަ ޝޮޕް އެންޑް ސޭވް ފިހަރައަށެވެ.

އިކޮނޮމިކް މިނިސްޓްރީން މީގެ ކުރިންވަނީ 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ބައެއް ކެފޭ، ރެސްޓޯރެންޓް އަދި ފިހާރަތަކަށްދީފައެވެ.

އެގޮތުން މާލޭގައި ހުންނަ ހުޅުމާލޭ ފެރީޓާމިނަލް މަތީގައި ގުންނަ ސީ ހައުސް އާއި ސޯސަން މަގުގައި ހުންނަ ސެފްރޯން ކެފޭގެ އިތުރުން ފުޑް ކޯޓުގައި ހުންނަ ނައިސް އެންޑް ސްޕައިސް ރެސްޓޯރެންޓް އަދި ވީވާ ކެފޭއަށް ވަނީ 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދީފައެވެ. އޭގެ އިތުރުން ވިލިމާލޭ ފެރީ ޓާމިނަލްގައި ހުންނަ އެކްސްޕްރެސް މާޓަށްވެސް ވަނީ 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދީފައެވެ.