ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ކުރިއަށްދާ މަޝްރޫއެއް: ފައިލް ފޮޓޯ އެމްއޭސީއެލް

ސަރުކާރުގެ ހަރަދު 18 ބިލިއަން ރުފިޔާއަށް އަރައިފި

މިދިޔަ ހަފުތާއާ ހަމައަށް 18.57 ބިލިއަން ރުފިޔާ، ސަރުކާރުން ހަރަދުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު އާންމުކުރި މާލީ ރިޕޯޓް ދައްކާ ގޮތުން، އެ އަދަދަކީ މިއަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މިދިޔަ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ހަރަދުކުރި މިންވަރެވެ.

ސަރުކާރުގެ ހަރަދުގެ ތެރެއިން 76 އިންސައްތައަކީ ރިކަރަންޓް ހަރަދެވެ. އަދި 24 އިންސައްތައަކީ ކެޕިޓަލް ހަރަދެވެ.

އެ މުއްދަތުގައި އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 16.9 ބިލިއަން ރުފިޔާއެވެ. އާމްދަނީގެ 73 އިންސައްތައަކީ ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީއެވެ.