އެމްއެމްއޭ އިން އާންމުކުރި ވީޑިއޯކޮޅުން މަންޒަރެއް

ކުރީގެ ކަރުދާސް ނޫޓު ބަދަލުކުރަން ހަނދާންކޮށްދީފި

ކުރީގެ ކަރުދާސް ނޫޓު، މިހާރު ބޭނުންކުރާ ރަން ދިހަފަހެއް ނޫޓަށް މިއަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ކުރިން ބަދަލުކުރެވޭނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

މަރުކަރީ ބޭންކް، އެމްއެމްއޭ އިން ހާމަކުރި ގޮތުގައި ކުރީގެ ނޫޓުތައް އެ މުއްދަތުގެ ތެރޭގައި އެ އޮތޯރިޓީން ބަދަލުކުރެވޭނެއެވެ.

ދިވެހި ފައިސާގެ ގޮތުގައި މިހާރު ބޭނުންކުރަމުންދަނީ ރަން ދިހަފަހެއް ނޫޓު ސީރީޒެވެ. ރަން ދިހަފަހެއް ނޫޓު ސީރީޒްގެ 10 ރުފިޔާ، 20 ރުފިޔާ، 50 ރުފިޔާ، 100 ރުފިޔާ، 500 ރުފިޔާ އަދި 1000 ރުފިޔާގެ ނޫޓު ލޯންޗްކުރީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހުއެވެ. އެ ނޫޓުތައް ސާކިއުލޭޝަނަށް ނެރުނީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ. ފަސް ރުފިޔާގެ ނޫޓު ލޯންޗްކުރީ 2017 ވަނަ އަހަރުގެ މޭ މަހުގެ 10 ވަނަ ދުވަހުއެވެ.

ރަން ދިހަފަހެއް ނޫޓު ސީރީޒަކީ ސަލާމަތީ ސިފަތައް ގިނަ، ޒަމާނީ ނޫޓު ސީރީޒެކެވެ. ކުރީގެ ކަރުދާސް ނޫޓު، ރަން ދިހަފަހެއް ނޫޓަށް ބޭންކުންވެސް ބަދަލުކޮށްދީފައިވެއެވެ.