އަމިއްލަ ފަރާތްތަކަށް 22 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި
މިދިޔަ އަހަރު ނިމުނުއިރު އަމިއްލަ ފަރާތްތަކަށް 22 ބިލިއަން ރުފިޔާގެ ލޯނު، ބޭންކްތަކުން ދޫކޮށްފިއެވެ.
މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކުރި ކުއާޓަލީ އިކޮނޮމިކް ބުލެޓިންގައިވާ ގޮތުން އެއީ 2017 ވަނަ އަހަރާ އަޅާބަލާއިރު ނުވަ އިންސައްތައިގެ ކުރިއެރުމެކެވެ.
މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ދޫކުރި ލޯނުގެ 37 އިންސައްތައަކީ ފަތުރުވެރިކަމުގެ ބޭނުންތަކަށް ދޫކުރި ލޯން ކަމަށް އެމްއެމްއޭ އިން އާންމުކުރި ކުއާޓަލީ އިކޮނޮމިކް ބުލެޓިންގައި ބުނެފައިވެއެވެ. ދޫކުރި ލޯނުގެ 21 އިންސައްތަ ދޫކޮށްފައިވަނީ ކޮންސްޓްރަކްޝަންގެ ބޭނުންތަކަށެވެ.