ޓޫރިސްޓް ރިސޯޓް ތަރައްގީކުރަން ރަށްތަކެއް ބީލަމަށް
ޓޫރިސްޓް ރިސޯޓް ތަރައްގީކުރުމަށް އިތުރު ރަށްތަކެއް ބީލަމަށް ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އިން ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައިވަނީ ހަތް އަތޮޅަކުން 23 ރަށެއް ޓޫރިސްޓް ރިސޯޓް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ހުޅުވާލާފައެވެ.
މިނިސްޓްރީން ވަނީ ރަށްރަށުގެ އަންދާޒާ ކުރެވޭ ބޮޑުމިންވެސް ހާމަކޮށްފައެވެ.
ފަތުރުވެރިކަން ތަރައްގީ ކުރުމަށް ދެވަނަ މަރުހަލާގައި ދޫކުރާ ރަށްރަށް
1- ހއ. ވެލިފިނޮޅު – 4.1 ހެކްޓަރު
2- ހއ. އަލިދުއްފަރުފިނޮޅު – 3.00 ހެކްޓަރު
3- ހދ. ކުޑަފަރުފަސްގަނޑު – 1.20 ހެކްޓަރު
4- މ. ސީދީހުރާ – 1.28 ހެކްޓަރު އަދި މ. ސީދީހުރާ ވެލިގަނޑު (ސީދީހުރާއާއިއެކު) 3.00 ހެކްޓަރު
5- މ. މާއުސްފުށި – 10.40 ހެކްޓަރު
6- ތ. ކާއްޑޫ – 3.9 ހެކްޓަރު
7- ތ. ކަނިމީދޫ (އުތުރުފަރާތުން) – 10 ހެކްޓަރު
8- ތ. އޮޅުފުށި (އޮޅުފުށިފިނޮޅާއި އެކު) 3.00 ހެކްޓަރު އަދި އޮޅުފުށިފިނޮޅު – 0.54 ހެކްޓަރު
9- ލ. ކަށިދޫ – 3.1 ހެކްޓަރު
10 – ލ. ބޮޑުމުންޏަފުށި – 3 ހެކްޓަރު
11- ލ. ދޮންބެރެހާ (ހޮޅުރަހާ އާއެކު) – 1.44 ހެކްޓަރު އަދި ހޮޅުރަހާ – 0.6 ހެކްޓަރު
12- ގއ. މާރެހާ – 17.00 ހެކްޓަރު
13 – ގއ. ފުނަދޫވިލިގިއްލާ – 5.00 ހެކްޓަރު
14- ގދ. ކަނޑަހަލަގަލާ – 7.4 ހެކްޓަރު
15 – ގދ. ކަޑެވާރެހާ (ދިގުރެހާ އާއެކު) 4.3 ހެކްޓަރު އަދި ދިގުރެހާ – 2.1 ހެކްޓަރު
16- ކްލަސްޓާއެއްގެ ގޮތުގައި ފެރޭތަވިލިގިއްލާ - 1.4 ހެކްޓަރު އާއި ދެކާނބާ – 2.39 ހެކްޓަރު އާއި ކޮޑެރަޓާ – 2.5 ހެކްޓަރު އަދި 2.97 ހެކްޓަރުގެ ރަށެއްވެސް މި ކްލަސްޓާގައި ހިމެނެއެވެ.
ޓޫރިޒަމް މިނިސްޓްރީން ހާމަކުރި ގޮތުގައި މައުލޫމާތު ސާފުކުރުން އޮންނާނީ މިމަހުގެ 29 ވަނަ ދުވަހު ޒޫމް މެދުވެރިކޮށެވެ.