ފޮޓޯ: އެސްޓީއޯ

އެސްޓީއޯ އިން ޕްލާސްޓިކް ކޮތަޅާއި ކަރުދާސް ކޮތަޅުން އަގު ނަގަނީ

އެސްޓީއޯއިން ވިޔަފާރިކުރާ ފަރާތްތަކުގެ އަތުން ޕްލާސްޓިކް އަދި ކަރުދާސް ކޮތަޅަށް އަގުނަގަން ނިންމައިފިއެވެ.

އެސްޓީއޯ އިން ބުނީ މިގޮތަށް ނިންމީ ތިމާވެށި ރައްކާތެރިކުރުމަށް ކުރާ މަސައްކަތުގެ ދަށުން ޕްލާސްޓިކް މަދުކުރުމަށް ކަމަށެވެ. 

ޕްލާސްޓިކް ކޮތަޅާއި ކަރުދާސް ކޮތަޅު ބޭނުންކުރުމަށް މަދުކުރުމަށް ގޮވާލަމުން އެސްޓީއޯއިން ވަނީ ޕްލާސްޓިކް ކޮތަޅަށް 2.5ރ އަދި ކަރުދާސް ކޮތަޅަށް 2ރ ނަގަން ނިންމާފައިވާކަން އިއުލާންކޮށްފައެވެ.

ރާއްޖެއިން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް މަދުކުރުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ޕްލާސްޓިކް ކޮތަޅު މަދުކުރުމުގެ ގޮތުން ވަނީ ޕްލާސްޓިކް ކޮތަޅުން ނަގާ ޓެކްސް ބޮޑުކުރުމަށް ޤާނޫނު އިޞްލާހުކުރުމަށްވެސް މަޖިލީހަށް ހުށައަޅާފައެވެ.

ރާއްޖޭގެ އިޤްތިޞާދުގެ ހާލަތަށް ރިޔާއަތްކޮށް ސަރުކާރުން އަންނަނީ ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ސަރުކާރުން ނިންމާ އިއުލާންކޮށްފައިވެއެވެ.