އުރީދޫ މަސްރޭހުގައި މިއަހަރު ބައިވެރިވާ ޓީމެއް: ފޮޓޯ އުރީދޫ

އުރީދޫ މަސް ރޭސް ފަށައިފި

ރޯދަ މަހަށް ހާއްސަކޮށްގެން އުރީދޫ މޯލްޑިވްސް އިން އިންތިޒާމުކޮށް ބާއްވާާ، އުރީދޫ މަސް ރޭސް، 16 ޓީމާއެކު ފަށައިފިއެވެ.

މިއަހަރުގެ މަސް ރޭސް އިއްޔެ ފަށާފައިވާއިރު، މުބާރާތުގެ ޕާޓްނަރުންގެ ގޮތުގައި ބައިވެރިވަނީ ފިޝަރީޒް މިނިސްޓްރީ އާއި މޯލްޑިވްސް ޕޮލިސް ސާވިސް އާއި މާލޭ ސިޓީ ކައުންސިލް އަދި ވީމީޑިއާއެވެ.

އުރީދޫން ބުނި ގޮތުގައި މި އަހަރުގެ މަސް ރޭސް މުބާރާތުގައި ބައިވެރިވާން 23 ޓީމަކުން ހުށަހެޅިއެވެ. ނަމަވެސް މުބާރާތުގެ އާއްމު ޤަވާއިދުގައިވާ ގޮތުން މުބާރާތައް ނަގާނީ 16 ޓީމެވެ.

މިއަހަރުގެ މުބާރާތުން ފުރުސަތު ލިބުނު ޓީމްތަކަކީ:

ދިވެހި ސިފައިންގެ ކްލަބް

ހަބޭސް ބޮޑުބެރު

ކްލަބް 220

ޓީމް ވެލައްސަރު

ޓީމް ބިއޯ

މޯލްޑިވް ގޭސް

އެންޒީ

ފައިނިޔަ

ޓީމް ރަސް އައިނު

ޓޫރިޒަމް ކްލަބް

ސްޓެލްކޯ މެންސް

އަންނަތަރާ މޯލްޑިވްސް

ޑީއެސްސީ ވުމެން

ޔުނައިޓެޑް ބީއެމްއެލް ލޭޑީސް

އެމްޓީސީ ކަނބަރުލް

ސްޓެލްކޯ ވުމެން

މިއީ އުރީދޫ މޯލްޑިވްސް އިން މި މުބާރާތް ބާއްވާ 10 ވަނަ އަހަރެވެ. އުރީދޫ މަސްރޭސް ދައްކާނީ ހޮނިހިރު ދުވަހު ވީޓީވީންނެވެ.

މުބާރާތުގައި ކޮންމެ ރެއަކު އެއްވަނަ ހޯދާ ޓީމަށް 5000 ރުފިޔާ ލިބޭނެއެވެ. މުޅި މުބާރާތުން އެއްވަނަ ހޯދާ ޓީމަށް 50،000 ރުފިޔާ ލިބިގެންދާއިރު އެންމެ ގިނަ މަސް ބޭނި "މުބާރާތުގެ މަސްވެރިޔާ" އަށް 5،000 ރުފިޔާ އަދި ރަންކޯރި ލިބޭނެއެވެ. އޭގެ އިތުރުން އެންމެ ބަރު މަސް ބޭނި ފަރާތަށް 5،000 ރުފިޔާ އަދި އެއްވަނަ އަންހެން ކެޔޮޅަށް 5،000 ރުފިޔާ ލިބޭނެއެވެ.