ނައިފަރުގެ 100 ހައުސިން ޔުނިޓް މަޝްރޫއުގެ 38 އިންސައްތަ ނިމިއްޖެ

ޅ. ނައިފަރުގައި އިމާރާތްކުރަމުންދާ 100 ހައުސިން ޔުނިޓްގެ 38 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ހާމަކުރި ގޮތުގައި ނައިފަރުގައި އިމާރާތް ކުރަމުންދާ 100 ހައުސިން ޔުނިޓްގެ މަޝްރޫއުގެ ތެރެއިން ބްލޮކް އޭ ގެ ދެވަނަ ފަންގިފިލާގެ މޭސަނަރީ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

ބްލޮކް ބީ ގެ ގްރައުންޑް ފްލޯ މޭސަނަރީ މަސައްކަތާއި ބްލޮކް ސީގެ ފުރަތަމަ ފަންގިފިލާގެ މޭސަނަރީ މަސައްކަތް މިހާރު ކުރިއަށްދާކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ނައިފަރުގެ ހައުސިން ޔުނިޓް މަސައްކަތުގެ ތެރެއިން ބްލޮކް ޑީ ގެ ދެވަނަ ފަންގިފިލާގެ ކޮލަމް ކޮންކްރީޓްގެ މަސައްކަތް ކުރިއަށްދާއިރު، ބްލޮކް އީ ގެ ސީލިން މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.