މޯލްޑިވިއަން އިން އިއްޔެ ގެނައި ކާގޯ ވީއައިއޭ އަށް ބާލަނީ: ފޮޓޯ މޯލްޑިވިއަން

މޯލްޑިވިއަން އިން 23،000 ކިލޯގެ ކާގޯ ގެނެސްފި

ގައުމީ އެއާލައިން މޯލްޑިވިއަން އިން، 23،221 ކިލޯގެ ކާގޯ ރާއްޖެ ގެނެސްފިއެވެ.

މޯލްޑިވިއަން އިން އިއްޔެ ވަނީ ޓްރިވެންޑްރަމް އިން 11357 ކިލޯގެ ކާގޯ ރާއްޖެ ގެނެސްފައެވެ. އަދި ރޭ ވަނީ ޗެންނާއީ އިން 11864 ކިލޯގެ ކާގޯ ރާއްޖެ ގެނެސްފައެވެ.

ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ބައެއް ގައުމުތަކުގައި ބޭނުންކުރާ ބޭހެއް ކަމުގައިވާ ހައިޑްރޮކްސީކްލޮރޯކްއީންގެ 50،000 ގުޅަ އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވެއެވެ. މިބޭސްވެސް ރާއްޖެ ގެނެސްފައިވަނީ މޯލްޑިވިއަންގެ ފްލައިޓެއްގައެވެ.

ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން، ސްރީލަންކާ، އިންޑިއާ އަދި މެލޭޝިއާ އިން ރާއްޖެ ނާދެވި ތިބި ދިވެހިން ރާއްޖެ ގެނައުމަށް މޯލްޑިވިއަން އިން ދަތުރުތަކެއް ބޭއްވިއެވެ. އަދި ކާގޯ ފްލައިޓްތައް ދަނީ ބާއްވަމުންނެވެ.