އުވާލާ ބައެއް ކުންފުނިތަކުގެ ލޯގޯ

ސަރުކާރު ހިއްސާވާ 19 ކުންފުންޏެއް އުވާލަނީ

ސަރުކާރު ހިއްސާވާ 19 ކުންފުންޏެއް އުވާލަން ފިނޭންސް މިނިސްޓްރީން މިއަދު އިއުލާނުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީގެ ވެބްސައިޓްގައި ވަނީ އުވާލަން ނިންމާފައިވާ އެ ކުންފުނިތަކުގެ ނަންތައް އާންމުކޮށްފައެވެ.

އުވާލާ ކުންފުނިތައް:

މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން ލިމިޓެޑް

ސެންޓްރަލް ހެލްތު ސާވިސަސް ކޯޕަރޭޝަން ލިމިޓެޑް

މާލޭ ހެލްތު ސާވިސަސް ކޯޕަރޭޝަން ލިމިޓެޑް

ނޯތު ސެންޓްރަލް ހެލްތު ކޯޕަރޭޝަން ލިމިޓެޑް

ނޮދަން ހެލްތު ސާވިސަސް ކޯޕަރޭޝަން ލިމިޓެޑް

ސައުތު ސެންޓްރަލް ހެލްތު ސާވިސަސް ކޯޕަރޭޝަން ލިމިޓެޑް

ސައުތު ހެލްތު ސާވިސަސް ކޯޕަރޭޝަން ލިމިޓެޑް

އަޕާ ނޯތު ހެލްތު ސާވިސަސް ކޯޕަރޭޝަން ލިމިޓެޑް

އަޕާ ސައުތު ހެލްތު ސާވިސަސް ކޯޕަރޭޝަން ލިމިޓެޑް

ފެލިވަރު ފިޝަރީސް މޯލްޑިވްސް ލިމިޓެޑް

ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑް

ކުޅުދުއްފުށި ޕޯޓް ލިމިޓެޑް

ހިތަދޫ ޕޯޓް ލިމިޓެޑް

މަޑިވަރު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް

ގަން އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް

ވޯކްސް ކޯޕަރޭޝަން ލިމިޓެޑް

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް

ހަޒާނާ މޯލްޑިވްސް ލިމިޓެޑް

ނޭޝަނަލް އިންވެސްޓްމަންޓް ކޮމްޕެނީ ލިމިޓެޑް

 

ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކެއް އުވާލަން އިއުލާނުކޮށްފައިވާއިރު، ސަރުކާރު ހިއްސާވާ ކުންފުނިތައް ގިނަ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި ބައެއް ކުންފުނިތައް އުވާލަން ޖެހިދާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. މިނިސްޓަރު އަމީރު އެހެން ވިދާޅުވީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ރޭ "ރާއްޖެ ޓީވީ" ގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

ބައެއް ކުންފުނިތައް އުވާލުމުގެ މަސައްކަތް ކުރަމުން ގެންދަވާކަމަށް އެރޭ މިނިސްޓަރު އަމީރު ވިދާޅުވިއެވެ.