"ޖަވާބު" އިން މުވައްޒަފުންނަށް އަހަރީ ބޯނަސް ދިނުމަށް ބޭއްވި ހަފުލާގެ ތެރެއިން: ފޮޓޯ ޖަވާބު

"ޖަވާބު" އިން މުވައްޒަފުންނަށް އަހަރީ ބޯނަސްގެ ގޮތުގައި ބޮޑު އަދަދެއް

ވެބް ޑިޒައިން އާއި އެޕް ޑިވެލޮޕްމަންޓް ހިދުމަތް ދެމުން އަންނަ ކުންފުނި، "ޖަވާބު ޕްރައިވެޓް ލިމިޓެޑް" އިން އެ ކުންފުނީގެ މުވައްޒަފުންނަށް އަހަރީ ބޯނަސްގެ ގޮތުގައި ބޮޑު އަދަދެއް ދީފިއެވެ.

މީގެ ދެ އަހަރު ކުރިން އުފެދުނު "ޖަވާބު ޕްރައިވެޓް ލިމިޓެޑް" އިން އެ ކުންފުނީގެ މުވައްޒަފުންނަށް މި އަހަރުގެ އަހަރީ ބޯނަސް ދިނުން އޮތީ ސިޓްރޮން ބައި ލެމަންގްރާސްގައެވެ.

އަހަރީ ބޯނަސްގެ ގޮތުގައި ދިން އަދަދުގެ ތަފުސީލު ހާމަކޮށްފައި ނުވި ނަމަވެސް، އެންމެ ދަށްކޮށް ދިން ބޯނަސް ވެސް 10000 ރުފިޔާއަށްވުރެ މަތިވާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

"ރޭގަ" އަށް މައުލޫމާތު ދެއްވަމުން "ޖަވާބު" ގެ ސީއީއޯ މުހައްމަދު ޖައިލަމް ވިދާޅުވީ މީގެ ދެ އަހަރު ކުރިން އުފެދުނު ކުންފުނީގެ ކުރި އެރުމުގެ ޝުކުރު ހައްގު ވަނީ ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކަމަށެވެ.

މާލީ ގޮތުން ކުންފުންޏަށް މާބޮޑު ފައިދާއެއް ނުވި ނަމަވެސް، ކުންފުނީގެ މުވައްޒަފުންގެ އަގު ވަޒަން ކުރަން "ޖަވާބު" އިން ވަނީ އެހެން ކުންފުނިތަކަށް ނަމޫނާ ދައްކާފައެވެ.

އަހަރީ ބޯނަސްއާއެކު ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް ވަނީ  ދެ ހަފުތާގެ ޗުއްޓީއެއް ދީފައެވެ. އަދި އަންނަ އަހަރުން ފެށިގެން މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ލިބޭނެ ކަމުގެ އުފާވެރި ޚަބަރުވެސް މުވައްޒަފުންނަށް ވަނީ ދީފައެވެ.

ވެބް ޑިޒައިން، އެޕް ޑިވެލޮޕްމަންޓް، ގްރެފިކްސް ޑިޒައިން އަދި އެކަންކަމާ ގުޅޭ ކޮންސަލްޓެންސީ ދެމުން އަންނަ ޖަވާބު ޕްރައިވެޓް ލިމިޑެޓުން ވަނީ ސަރުކާރާއި ބައެއް ކުންފުނިތަކުގެ ވެބް ޑިޒައިން އަދި އެޕް ޑިވެލޮޕްމަންޓް މަސައްކަތް ކޮށްފައެވެ.

އޭގެ ތެރޭގައި އިސްލާމިކް ޔުނިވާސިޓީގެ ސްޓުޑެންޓް މެނޭޖްމަންޓް ސިސްޓަމާއި އެގްރިކަލްޗާ މިނިސްޓްރީގެ އިންފޮމޭޝަން ސިސްޓަމާއި ޓްރާންސްޕޯޓް އޮތޯރިޓީގެ މެރިން ޑިޕާޓްމަންޓްގެ އޮޓޯމޭޓް ސިސްޓަމްގެ މަޝްރޫއު ހިމެނެއެވެ. އޭގެ އިތުރުން ޕޯސްޓް އޮފީހުގެ ވެހިކަލް މެނޭޖްމަންޓް ސިސްޓަމް ސޮފްޓްވެއާގެ މަސައްކަތާއި އީޓުކުރި ވެބްސައިޓް ފާހަގަކޮށްލެވެއެވެ.

މުރަނާ

ޖަވާބުން ކޮން ޖަވާބެއް ދިނީ؟ އެންމެ ބޮޑު ބޯނަސް ލިބުނު މީހަކަށް ލައްކަ ލިބޭނެތާ؟

އަލީ

ވަރަށް ރަނގަޅު ނިންމުމެއް މުއައްޒަފުން ކުރާ މަސައްކަތް ޖެހެނެ އެޕްރިޝިއޭޓް ކުރަން

މުއީން

ޖަވާބު. އިން މި ދެއްކީ ވަރަށް ރަނގަޅު ނަމޫނާއެއް. އެހެން ކުންފުނި ތަކުންވެސް މި ނަމޫނާ ދެއްކުން އެދެން