ވީއައިއޭ ގެ ތަރައްގީގެ މަޝްރޫއުތައް، ރައީސް ބައްލަވާލައްވަނީ: ފައިލް ފޮޓޯ ރައީސް އޮފީސް

ދައުލަތުގެ ހަރަދު 21.8 ބިލިއަން ރުފިޔާއަށް އަރައިފި

މިއަހަރުގެ މިހާތަނަށް ދައުލަތުގެ ހަރަދަށް 21.8 ބިލިއަން ރުފިޔާ ހޭދަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، އެ އަދަދަކީ މިމަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުން ހަރަދުކޮށްފައިވާ މިންވަރެވެ. އެ މުއްދަތުގައި އާމްދަނީ އާއި އެހީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 20.1 ބިލިއަން ރުފިޔާއެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ދައުލަތުގެ ހަރަދުގެ 75 އިންސައްތައަކީ ރިކަރަންޓް ހަރަދެވެ. އަދި 25 އިންސައްތައަކީ ކެޕިޓަލް ހަރަދެވެ. ދައުލަތަށް ލިބުނު އާމްދަނީގެ 70 އިންސައްތަ އަކީ ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީއެވެ.