ފޮޓޯ: ވިޒިޓް މޯލްޑިވްސް

ގްރީން ފަންޑަށް 84 މިލިއަން ރުފިޔާ

ގްރީން ޓެކުހުގެ އާމްދަނީ ޖަމާކުރާ "ގްރީން ފަންޑަށް" މިއަހަރުގެ ޖެނުއަރީ މަހު 84.92 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ފިނޭންސް މިނިސްޓްރީން އެންމެފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ޖެނުއަރީ މަހު، ރިސޯޓްތަކުން 77.19 މިލިއަން ރުފިޔާ، ހޮޓެލްތަކުން 1.85 މިލިއަން ރުފިޔާ އަދި ގެސްޓް ހައުސްތަކުން 3.49 މިލިއަން ރުފިޔާ ގްރީން ފަންޑަށް ލިބިފައިވެއެވެ.

ލިވަބޯޑްސް އަދި އުޅަނދުފަހަރުން، 2.38 މިލިއަން ރުފިޔާ، ޖެނުއަރީ މަހު ގްރީން ފަންޑަށް ލިބިފައިވެއެވެ.

ގްރީން ފަންޑަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ކ. އަތޮޅުންނެވެ. ކ. އަތޮޅުގައި ހިންގާ ރިސޯޓްތަކުން ގްރީން ފަންޑަށް 28.42 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ގްރީން ފަންޑުން، މިއަހަރުގެ ޖެނުއަރީ މަހު 584,873.27 ރުފިޔާ ހަރަދުކޮށްފައިވެއެވެ.