މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހިދުމަތް ދެނީ: ފައިލް ފޮޓޯ މީރާ ފޭސްބުކް ޕޭޖް

ދައުލަތަށް ލިބުނު އާމްދަނީ 12 ބިލިއަން ރުފިޔާއަށް އަރައިފި

މިއަހަރު ދައުލަތަށް ލިބުނު އާމްދަނީ 12 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 12.3 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. ނަމަވެސް މިދިޔަ އަހަރުގެ އެ މުއްދަތުގައި އާމްދަނީގެ ގޮތުގައި ދައުލަތަށް 21 ބިލިއަން ރުފިޔާ ލިބިފައިވެއެެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީގެ 76 އިންސައްތައަކީ ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީއެވެ. ޓެކްސް އާމްދަނީގެ ގޮތުގައި މިއަހަރުގެ މިހާތަނަށް ދައުލަތަށް 9.3 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ނޮން-ޓެކްސް އާމްދަނީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ އަދި އެހީގެ ގޮތުގައި 852 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މިއަހަރުގެ މިހާތަނަށް ދައުލަތުން ކުރެވުނު ހަރަދު 22.7 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ހަރަދުގެ 69 އިންސައްތައަކީ ރިކަރަންޓް ހަރަދެވެ.