މޯލްޑިވް ގޭހުން ގޭސް ޑެލިވަރީ ކުރަނީ: ފައިލް ފޮޓޯ މޯލްޑިވް ގޭސް ފޭސްބުކް

މޯލްޑިވް ގޭހުން ރޯދަ މަހު ހިދުމަތް ދޭ ގަޑިތައް އާންމުކޮށްފި

މޯލްޑިވް ގޭހުން، މި ރޯދަ މަހު ހިދުމަތް ދޭ ގަޑިތައް އާންމުކޮށްފިއެވެ.

އެ ކުންފުނިން ހާމަކުރި ގޮތުގައި ހުކުރު ދުވަހު ހިދުމަތް ދޭނީ 13:30 އިން 15:00 އަށް އަދި 20:30 އިން 22:30 އަށެވެ. ހަފުތާގެ އެހެން ދުވަސްތަކުގައި ހިދުމަތް ދޭނީ 11:00 އިން 15:00 އަށް އަދި ރޭގަނޑު 20:30 އިން 22:30 އަށެވެ.

މޯލްޑިވް ގޭހުގެ ކޯލް ސެންޓަރުގެ ނަންބަރު 1616 އަދި މޯލްޑިވް ގޭހުގެ ވެބްސައިޓް މެދުވެރިކޮށް، ގޭހަށް އޯޑަރު ކުރެވޭނެ ކަމަށް މޯލްޑިވް ގޭހުން ވަނީ ބުނެފައެވެ. ގޭހަށް އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމު މޯލްޑިވް ގޭހުން ވަނީ ހަމަޖައްސާފައެވެ.

ރާއްޖޭގައިވެސް ކޮވިޑް-19 ފެތުރެމުންދާއިރު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ނަގުދު ފައިސާގެ ބަދަލުގައި އޮންލައިންކޮށް ފައިސާ ދެއްކުމަށް މޯލްޑިވް ގޭހުން އެދެއެވެ.