ސްޓެލްކޯ: ފައިލް ފޮޓޯ ސްޓެލްކޯ

ކަރަންޓު ބިލުން 40 އިންސައްތަ އަދި ފެން ބިލުން 30 އިންސައްތަ ސަބްސިޑައިޒްކޮށްދެނީ

އެޕްރީލް މަހާއި މޭ މަހުގެ ކަރަންޓް ބިލުގެ 40 އިންސައްތަ އަދި ފެން ބިލުގެ 30 އިންސައްތަ ސަރުކާރުން ސަބްސިޑައިޒްކޮށްދޭން ނިންމައިފިއެވެ.

ކުރިއަށް އޮތް ދެމަހު، ކަރަންޓް ބިލުން 40 އިންސައްތަ އަދި ފެން ބިލުން 30 އިންސައްތަ ސަރުކާރުން ސަބްސިޑައިޒްކޮށްދޭން ނިންމާފައިވާކަން ހާމަކުރެއްވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރެވެ. މިއީ ކޮވިޑް-19 އާގުޅިގެން ސަރުކާރުން ނިންމި ނިންމުމެކެވެ.

ކޮވިޑް-19 އާ ގުޅިގެން، މީގެ ކުރިން މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ވަނީ ކޮންމެ ގޭބިސީއަކަށް އެއް ޓަނުގެ ފެން ހިލޭ ދިނުމަށް ނިންމާފައެވެ. އެއް ޓަނު ފެން ހިލޭ ދިނުމަށް ނިންމާފައިވަނީ ބިލުން ކަނޑާ ގޮތަށެވެ.

މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތައް ހުއްޓުނަ ނުދިނުމަށާއި ދިވެހިންގެ ވަޒީފާތައް ގެއްލިގެން ނުދިއުމަށް، ސަރުކާރުން ޖުމްލަ 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ރިކަވަރީ ޕެކޭޖެއް ތައާރަފްކުރުމަށްވެސް ވަނީ ނިންމާފައެވެ.