މާލެ-ތިލަފުށި ގުޅާލާ ބްރިޖްގެ މައުލޫމާތު ދެނީ: ފައިލް ފޮޓޯ ޕްލޭނިން މިނިސްޓްރީ

ދައުލަތުގެ ހަރަދު 19 ބިލިއަން ރުފިޔާއަށް

މިއަހަރު ދައުލަތުގެ ހަރަދު 19 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް، ދައުލަތުގެ ހަރަދު 19.85 ބިލިއަން ރުފިޔާއަށް އަރައެވެ. ހަރަދުގެ 69 އިންސައްތައަކީ ރިކަރަންޓް ހަރަދެވެ. އަދި 31 އިންސައްތައަކީ ކެޕިޓަލް ހަރަދެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން، މި މުއްދަތުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 10.8 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން 77 އިންސައްތައަކީ ޓެކްސް އާމްދަނީއެވެ. އަދި 23 އިންސައްތައަކީ ނޮން-ޓެކްސް އާމްދަނީއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ސެލަރީ، ވޭޖްސް އަދި ޕެންޝަނަށް 7.4 ބިލިއަން ރުފިޔާ ހަރަދުވެފައިވެއެވެ. އިދާރީ އަދި ހިންގުމުގެ ހަރަދުގެ ގޮތުގައި 6.1 ބިލިއަން ރުފިޔާ ހޭދަވެފައިވެއެވެ.