އެއާޓްރެފިކް ކޮންޓްރޯލް ޓަވަރަކުން ނަގާފައިވާ ފޮޓޯއެއް: ފައިލް ފޮޓޯ މޯލްޑިވްސް އެއާ ޓްރެފިކް ކޮންޓްރޯލާސް އެސޯއިއޭޝަން ފޭސްބުކް ޕޭޖް

ތިން އެއާޕޯޓަކަށް އޭޓީސީ ލައިޓްގަން ހޯދަނީ

ތިން އެއާޕޯޓަކަށް އޭ.ޓީ.ސީ ލައިޓްގަން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ.

ރީޖަނަލް އެއާޕޯޓްސް އިން ކުރި އިއުލާނެއްގައިވާ ގޮތުން އޭ.ޓީ.ސީ ލައިޓްގަން ހޯދަނީ ހދ. ކުޅުދުއްފުށި އެއާޕޯޓާއި ށ. ފުނަދޫ އެއާޕޯޓްގެ އިތުރުން މާވަރުލު އެއާޕޯޓަށެވެ. މި އެއާޕޯޓްތަކުގެ ތެރެއިން މިވަގުތު ފްލައިޓް ދަތުރުތައް ބާއްވަމުން އަންނަނީ ހަމައެކަނި ކުޅުދުއްފުށި އެއާޕޯޓަށެވެ.

އޭ.ޓީ.ސީ ލައިޓްގަން ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 24 ވަނަ ދުވަހުގެ 13:00 އަށް ރީޖަނަލް އެއާޕޯޓްސްއަށް އަންދާސީ ހިސާބު ހުށަހަޅަން ޖެހެއެވެ.

އޭ.ޓީ.ސީ ލައިޓްގަން އަކީ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރުގައި ބޭނުންކުރާ ބެކް-އަޕް މުއާސަލާތީ ވަސީލަތެކެވެ. ކޮންޓްރޯލް ޓަވަރާއި ފްލައިޓްގެ ރޭޑިއޯ މުވާސަލާތީ ހިދުމަތް މެދުކެނޑިއްޖެ ހާލަތުގައި މި ވަސީލަތް ބޭނުންކުރެއެވެ.